ads
ހިޝާން އޭނާއަށް ލިބުނު ސައިކަލާއެކު-- ފޮޓޯ: ލިޓަސް އޮޓޯމޯބައިލްސް
ހާއްސަ އެހީ ބޭނުންވާ ކުދިން ތަންތަނަށް ގެންދިޔުމަށް ސައިކަލެއް ހަދިޔާކޮށްފި
ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތަންތަނަށް ގެންގޮސްދޭން ލިޓަސް އިން އަހުމަދު ހިޝާން އަށް ސައިކަލެއް ހަދިޔާ ކޮށްފި އެވެ.
ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތަންތަނަށް ގެންގޮސްދޭން ލިޓަސް އިން އަހުމަދު ހިޝާން އަށް ސައިކަލެއް ހަދިޔާ ކޮށްފި އެވެ.

ލިޓަސް އިން ބުނީ ހިޝާން ނުކުޅެދުންތެރިކަން ހުންނަ ކުދިން ގޮވައިގެން މިސްކިތަށް އަދި ބައެއް ފަހަރު ހޮސްޕިޓަލަށް ދާ މަންޒަރު ފެންނަ ކަމަށެވެ. އަދި އޭނާ އެކަން ކުރަނީ ފައިސާ ލިބޭތީ ނުވަތަ މީހަކު ބުނެގެން ނޫން ކަމަށް ލިޓަސް އިން ވަނީ ބުނެފަ އެވެ.

އެގޮތުން ހިޝާން އެ މަސައްކަތް ކުރަނީ އަމިއްލަ އުފަލަށް ކަމަށާއި އޭނާ ވަނީ ފަގީރު ކުދިންނަށް އެހީވުމަށް އަތޮޅު ތެރޭ ރަށްތަކަށް ވެސް ދަތުރުކޮށްފައިކަން ލިޓަސް އިން ވަނީ ފާހަގަކުރެ އެވެ.

ލިޓަސް އިން ބުނީ ހިޝާން އަށް ސައިކަލް ހަދިޔާ ކުރީ ކޮންމެވެސް ސަބަބަކާ ހުރެ އޭނާ ސައިކަލް ވިއްކާލިކަން އެނގުމުން ކަމަށެވެ. އަދި ކުދިން މިސްކިތަށާއި ހޮސްޕިޓަލަށް ގެންދިއުމަށް އެހެން މީހެއްގެ ސައިކަލު ބޭނުން ކުރާތީ ކަމަށް ލިޓަސް އިން ބުނެ އެވެ.

އެ ސައިކަލުގެ ސަބަބުން އޭނާއަށް ކުރާ މަސައްކަތަށް އެހީތެރިކަން ލިބިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް ލިޓަސް އިން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް