ads
ފިނޭންސް މިނިސްޓްރީ--
ޕީއެސްއައިޕީ މަޝްރޫއުތަކުގެ މައުލޫމާތު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތް ހަދައިފި
ދައުލަތުގެ ޕީއެސްއައިޕީއާ ގުޅޭ ހުރިހާ ކޮންޓްރެކްޓްތައް ޕީއެސްއައިޕީ ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ ނެރުނު ސާކިއުލާއެއްގައި ވަނީ ދައުލަތުގެ އިދާރާތަކުން ހިންގަމުންދާ ޕީއެސްއައިޕީ ފައިނޭންޝަލް މޮނިޓަރިންގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ފިނޭންސް މިނިސްޓްރީން ޕީއެސްއައިޕީ ޕޯޓަލެއް ޑިވިލޮޕްކޮށް ލައިވްކޮށްފައިވާ ކަމަށެވެ. 

އެގޮތުން ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކާއި އެ ނޫންވެސް ގޮތްގޮތުން ދައުލަތާއިއެކު އެކި ފަރާތްތަކުން ކޮންޓްރެކްޓް ހެދިގެން ކުރިއަށްގެންދާ މަސައްކަތްތަކުގެ ކޮންޓްރެކްތަކުގެ މައުލޫމާތުތައް އެ ޕޯޓަލް މެދުވެރިކޮށް އަޅަމުން ގެންދިއުމަށް ދައުލަތުގެ ހުރިހާ އިދާރާތަކުގެ ކިބައިން އެދިފައި ވެއެވެ.

ދައުލަތާއިއެކު ކޮންޓްރެކް ކުރެވިގެން ކުރިއަށްގެންދާ ހުރިހާ މަސައްކަތްތަކުގެ ކޮންޓްރެކްޓް  ތަކުގެ މައުލޫމާތުތައް މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެ މިނިސްޓްރީގެ ފޯޓަލް އަށް އެޅުމަށް އަންގާފައި ވެއެވެ. 

އެ މިނިސްޓްރީން ބުނީ އެ މުއްދަތުގެ ފަހުން ފައިސާ ދޫކުރަމުން ދާނީ ޕޯޓަލް މެދުވެރިކޮށް މައުލޫމާތު ހުށަހަޅާ ފަރާތްތަކަށް އެކަނި ކަމަށެވެ. މި ޕޯޓަލްގެ ބޭނުމަކީ ޕްރޮޖެކްޓްތައް މޮނީޓަ ކުރުން ކަމަށް މިނިސްޓްރީން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް