ads
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް (ކ) އަދި އަހްމަދު އިމާދު-- ފޮޓޯ: މަޖިލިސް
ޑެޕިއުޓީ ގަވަރުނަރަކަށް އައްޔަނު ކުރެއްވުމަށް އިމާދުގެ ނަން މަޖިލީހަށް ފޮނުއްވައިފި
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރު ކަމުގެ މަގާމަށް އަހްމަދު އިމާދު އައްޔަނު ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އަހްމަދު އިމާދުގެ ނަންފުޅު މަޖިލީހަށް ފޮނުއްވާފައިވާ ވާއިރު، އޭނާ މިހާރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗު އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެކްޒެކެޓިވް ޑިރެކްޓަރެއްގެ މަގާމުގަ އެވެ.

އިމާދު ވަނީ އިނގިރޭސި ވިލާތުން މާސްޓާސް އޮފް ސައިންސް އިން އިކޮނޮމިކްސް އެންޑް ފައިނޭންްސް އަދި މެލޭޝިއާ އިން ބެޗެލާ އޮފް ބިޒްނަސް (އިކޮނޮމިކްސް އެންޑް ސައިންސް) ގެ ދާއިރާ އިން ތައުލީމު ހާސިލް ކުރައްވާފަ އެވެ. 

އެމްއެމްއޭ އަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައި ވާއިރު، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓު އޮތޯރިޓީ (ސީއެމްޑީއޭ) ގެ ބޯޑު މެމްބަރުކަން ވެސް އިމާދު ކުރައްވަ އެވެ. 

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވެފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ޒާހިރާ ރިޓަޔާ ކުރެއްވުމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް