ads
މީހަކު އަސް ދުއްވަނީ-- ފޮޓޯ: ހޮންގީ ޒާންގް
އައްޑޫ ސިޓީއަށް އަސްތަކެއް ގެންގޮސް، ވިޔަފާރިއެއް ފަށަނީ
ޒުވާނުންތަކެއް އިސް ނަގައިގެން އައްޑޫ ސިޓީއަށް ފަސް އަސް ގެންގޮސް، ވިޔަފާރިއެއް ފަށަން ތައްޔާރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލިސް ޖަލްސާގައި ނަޝީދު ވިދާޅުވީ އައްޑޫއަށް ފަސް އަސް ގެންދިޔުމުގެ ހުއްދަ ދިނުމަށް ބޭނުންވާ ލިޔުންތައް އެގްރިކަލްޗާ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ކަމަށެވެ. 

"އެ ކުދިން އެ މަޝްރޫއުއާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު އަޅުގަނޑާ ވަނީ ހިއްސާކޮށްފައި. އަޅުގަނޑަށް ފެނުނީ މިއީ ވަރަށް ޝައުގުވެރި ޕްރޮޖެކްޓެއްގެ ގޮތުގައި،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ އައްޑޫގެ ރައްޔިތުންނާއި، އެ ސިޓީއަށް ޒިޔާރަތް ކުރާ މީހުންނަށް އަސް ދުއްވުމުގެ ހިދުމަތް ވަރަށް އަވަހަށް ލިބިގެން ދާނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް