ads
ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފު-- ފޮޓޯ: މިހާރު
ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ޖަމިއްޔާތަކަށް ދެނީ
ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ބިންތައް އަމިއްލަ ކުލަބު ޖަމިއްޔާތަކާއި ކުޅިވަރު އެސޯސިއޭޝަންތަކަށް ދީގެން ތަރައްގީ ކުރުމަށް އިގްތިސޯދީ ކައުންސިލުގެ ލަފަޔަކަށް އެދެފި އެވެ.

ކުލަބު، ޖަމިއްޔާތަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މިނިސްޓަރު އަހްމަދު މަހުލޫފު މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރެއްވުމުން ވިދާޅުވީ ކުރީގެ ސަރުކާރުތަކުން ވެސް އެގޮތަށް ބިން ދޫކުރި ކަމަށެވެ. 

އެކަމަކު މި ސަރުކާރިން އަދި އެގޮތަށް އަމަލު ނުކުރާ ކަމަށާއި، ބިން ދޫކުރުމާ މެދު އިގްތިސޯދީ ކައުންސިލުގެ ލަފަޔަކަށް މިހާރު އެދިފައިވާނެ ކަމަށް މަހުލޫފު ވިދާޅުވި އެވެ. 

މަހުލޫފު ވިދާޅުވީ ޔޫތު މިނިސްޓްރީގެ ވިސްނުމަކީ "އެންމެ ރަނގަޅު ޕްރޮޕޯޒަލް ހުށަހަޅާ ފަރާތްތަކަށް" ބިންތައް ދީގެން ތަރައްގީ ކުރުން ކަމަށެވެ. އެފަދަ ގިނަ ބިންތަކެއް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އެބަހުރި ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް