ads
އަލްފާޟިލް ހުސައިން ރަފީއު ——
ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހުސައިން ރަފީއު ހަމަޖައްސައިފި
ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް، ހުސައިން ރަފީއު ހަމަޖައްސައިފި އެވެ.

ހުސައިން ރަފީއު ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހަމަޖެއްސިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ވަގުތީގޮތުން ހިންގުމާއި ހަވާލުވެހުންނެވި ޑރ.މަރްޔަމް ޝަހްނީޒާ ނަސީރެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް ގެނެވުނު ދެވަނަ އިސްލާހަށް އިތުރު ކުރެވުނު 21-1 ވަނަ މާއްދާގެ (ރ)ގެ އެއްވަނަ ނަންބަރުގައި ދިވެހިރާއްޖޭގެ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ ކޯޓުތަކުގެ އިދާރީ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށްޓަކައި، ކޯޓުތަކުގައި ޗީފް އެޑްމިނިސްޓްރޭޓަރެއް ނުވަތަ އިދާރީ އެންމެ އިސް މުވައްޒަފެއް ހުންނަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ.

އެހެންކަމުން ސިވިލް ކޯޓުގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް، ހުސައިން ރަފީއު ހަމަޖައްސާފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ކަމަށް އެ އިދާރާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް