ads
ފޮޓޯ އަވަސް
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް ރައީސް ފޮނުއްވި އިމާދުގެ ނަން މާލިއްޔަތު ކޮމެޓީއަށް ފޮނުއްވައިފި
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމްމުހައްމަދު ސޯލިހް ފޮނުއްވި އަހުމަދު އިމާދުގެ ނަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމާދުގެ ނަން އިތުރަށް ދިރާސާ ކުރެއްވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ފޮނުއްވިކަން އިއުލާން ކުރައްވާފައެވެ.

އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެމަގާމުގައި މީގެ ކުރިން ހުންނެވި އައިޝަތު ޒާހިރާ އެކަމަނާގެ ދައުރު ފުރިހަމަކުރައްވައި ހުސްވި ޖުލައިމަހު މަގާމުން ވަކިވެވަޑައިގެންނެވުމާ ގުޅިގެންނެވެ.  

އަހުމަދު އިމާދު މިހާރު ހުންނެވީ އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ ރިސާޗް އެންޑް ސްޓެޓިސްޓިކްސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައެވެ.

އިމާދުއަކީ މިހާރުވެސް ސީއެމްޑީއޭގެ ބޯޑް މެމްބަރެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅެކެވެ. މީގެ ކުރިން އޭނާ ވަނީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް މެންބަރުކަންވެސް ކުރައްވާފައެވެ.

އެމްއެމްއޭގައި އިމާދު މަސައްކަތް ކުރައްވާތާ 20 އަހަރު މިހާރު ވަނީ ވެފައެވެ. އޭނާ އެމްއެމްއޭގައި މަސައްކަތްކުރައްވަން ފެއްޓެވީ 2000 ވަނަ އަހަރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް