ads
ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކޮންޓްރެކްޓްގައި ސޮއިކުރަނީ——
67 ރަށެއްގައި ކުޑަކުދިންގެ ޕާކް ހަދަން ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ބަޔަކާއި ހަވާލުކޮށްފި
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓްގެ ފަރާތުން 67 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ކޮންޓްރެކްޓްގައި ސޮއިކޮށްފި އެވެ.

ޔޫތް މިނިސްޓްރީގެ ފަރާތުން ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާ އެ މަސައްކަތަކީ   7999،682.2 ރުފިޔާގެ މަޝްރޫއެކެވެ.

އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަހުމަދު މަހްލޫފް ސޮއި ކުރެެއްވިއިރު ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ޝަފްވާން އަބްދުﷲ އެވެ. 

އެ މަސައްކަތުގެ ދަށުން 35 ދުވަހުގެ ތެރޭގައި މި ސާމާނު ގެންނަން ޖެހޭއިރު އެ މަޝްރޫއުއަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫއެކެވެ. އެ ޕާކްތައް ގާއިމްކުރެވިގެންދާނީ މިނިސްޓްރީން ކަނޑައަޅާ ރަށްތަކެއްގަ އެވެ. 

އޭގެކުރިން ވެސް މިނިސްޓްރީއިން ވަނީ 15 ރަށެއްގެ ކުޑަކުދިންގެ ޕާކް ސެޓްތައް ގެނެސް ރަށްރަށާއި ހަވާލުކޮށްފަ އެވެ. ބައެއް ރަށްރަށުގައި ޕާކް ސެޓްތައް އިންސްޓޯލްކޮށް ނިމިފައިވާއިރު އަނެއް ބައި ރަށްރަށުގައި ދަނީ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް