ads
އެމްޑީޕީގެ ހަތަރު ކެނޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވޭ--
ފާޓީތަކުގެ ހަ ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފި
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ހަ ކެންޑިޑޭޓެއް ނަން އަނބުރާ ގެންގޮސްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ހަ ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ނަން އަނބުރާ ގެންގޮސްފައި ވަނީ، ގދ. ގައްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން ކުރިމަތިލާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް ނަންބަރު 15، ބ. ކުޑަރިކިލު، މުހައްމަދު ހަސަން، އާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޅ. ހިންނަވަރު، އެރީނާގެ ކެޑިޑޭޓް ނަންބަރު 13 ނިޝާން އަބްދުލްވައްހާބު އެވެ.

އަދި މީގެ އިތުރުން ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ހަތަރު ކެނޑިޑޭޓަކު ވެސް ވަނީ ނަން އަނބުރާ ގެންގޮސްފަ އެވެ.

އެގޮތުން  ތ. ގާދިއްފުށީ ކައުންސިލްގެ އަންހެނުންނަށް ހާއްސަކޮށްފައިވާ ދެ ގޮނޑި އަށް ކުރިމަތިލި އެމްޑީޕީގެ ކެނޑިޑޭޓު ނަންބަރު 6 ގ.ސާރިގާގެ/ ކ.މާލެ، ރައުދާ އަބްދުﷲ، ވަނީ ނަން އަބުރާ ގެންގޮސްފަ އެވެ.

އަދި ޅ. ނައިފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޓޭޓް ނަންބަރު 5،  ޅ. ނައިފަރު ،ރޯޝަނީގެ ހައްވާ އަބްދުﷲ (ހައްވަޑީ) އާއި އެމްޑީޕީގެ ކެނޑިޑޭޓް ނަންބަރު 4، ޅ. ނައިފަރު،  ޓެންސް ހަދީޖާ ނަޖުމާ (ހައްޖަ ނަޖޫ) ވެސް ވަނީ ނަން އަބުރާ ގެންގޮސްފަ އެވެ.

މީގެ އިތުރުން ގއ. ދާންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ގޮނޑިއަށް ކުރިމަތިލާފައިވާ އެމްޑީޕީގެ ކެނޑިޑޭޓް ނަންބަރު 1، ގއ. ދާންދޫ/ އިރުވައިވިލާގެ މަރްޔަމް ޝިބާ ނަޖީބް (ޝިބާ) ވެސް ވަނީ ނަން އަބުރާ ގެންގޮސްފައެވެ. 

ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސްފައި މި ވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވާލުމާއި ގުޅިގެންނެވެ.

މީގެ ކުރިން ވެސް އެމްޑީޕީގެ ހަތަރު ކެނޑިޑޭޓަކު ވަނީ މި ފުރުސަތުގައި ނަން އަނބުރާ ގެންގޮސްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް