ads
ލ. ގަން ކޮވިޑް-19 ފެސިލިޓީ/ ފޮޓޯ:ލ. ގަން ރީޖަނަލް ހޮސްޕިޓަލް
ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 171 މީހަކަށް ފަރުވާ ދެނީ
ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 171 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 6912 އަށް އަރާފައެވެ. 

ރާއްޖޭގައި ކޮވިޑް19 ހަލުވިކަމާއި އެކު ފެތުރެމުން އަންނަ އިރު މިހާރު ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ދިވެހިން ހިމެނެއެވެ.

އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވާއިރު މާލެ ސަރަހައްދުގައި ހޮސްޕިޓަލް ބެޑް ކެޕޭސިޓީއަކީ 266 އެވެ.  

ކޮވިޑް-19 ބަލި މީހުންނަށް މާލެ ސަރަހައްދުގެ ހޮސްޕިޓަލުތަކުން ކަނޑައަޅާފައިވާ އެނދުތަކުގެ 62 ޕަސަންޓު ފުރިފައިވާ ކަމަށް އެޗްއީއޯސީން ކުރިން ވަނީ ބުނެފައެވެ.

ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ އިރު ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިއަށް ވުރެ އިތުރުވާނަމަ، ފަރުވާދޭ މީހާ ކަނޑައަޅަން ޖެހޭ ހާލަތަށް ގޮސްދާނެ ކަމަށްވެސް ޑޮކްޓަރުން ވަނީ ބުނެފައެވެ.

އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު އިތުރުވަމުން އަންނަކަންވެސް ޑޮކްޓަރުން ވަނީ ފާހަގަކޮށްފައެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ ބެޑް ކެޕޭސިޓީއަކީ 250 އެވެ. އަދި ޑީއެޗް 11 ގައި ދިހަ ބެޑް ހުރިއިރު ޑީއެޗް 16 ގައި ހުރީ ހަ ބެޑެވެ. 

އަތޮޅު ތެރޭގެ ހާލަތަށް ބަލާއިރު ހއ. އިހަވަންދޫ އާއި ފުވައްމުލަކުގައި ހުރީ ޓްރާންސިޓް ފެސިލިޓީ އެކެވެ. އެގޮތުން އިހަވަންދޫގައި ތިން އައިސީޔޫ ބެޑް އެބަ ހުއްޓެވެ. އަދި ށ. ފުނަދޫ ކޮވިޑް ފެސިލިޓީއަށް ބަލާއިރު އެތަނުގައި 20 އައިސީޔޫ ބެޑް އާއި 37 އައިސޮލޭޝަން ބެޑް އެބަހުއްޓެވެ. އަދިބ. އޭދަފުށީ ކޮވިޑް ފެސިލިޓީގައި ވިހި އައިސީޔޫ ބެޑާއި 25 އައިސޮލޭޝަން ބެޑް ހުރިއިރު ލ. ގަމުގައި ގާއިމުކުރި ފެސިލިޓީގައި ހުރީ 15 އައިސީޔޫ ބެޑް އަދި 13 އައިސޮލޭޝަން ބެޑެވެ.

އޭގެ އިތުރުން، ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި 18 އައިސީޔޫ ބެޑާއި ފަސް އައިސޮލޭޝަން ބެޑް ހުރިއިރު އައްޑޫގައި 23 އައިސީޔޫ ބެޑް އާއި 20 އައިސޮލޭޝަން ބެޑެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް