ads
ކުރީގެ ރައީސް އަބްދުﷲ ޔާމީން--
ކުރީގެ ރައީސް ޔާމީންއަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ބައްދަލު ކުރެވިއްޖެ
ކުރީގެ ރައީސް އަބްދުﷲ ޔާމީންއާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނުގެ ވަކީލުންނަށް ބައްދަލުކުރެވޭނޭ ގޮތް ހަމަޖައްސައިދިނުމާށް ކުރިމިނަލް ކޯޓުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މައްޗަށް އެންގުމާއި ގުޅިގެން އެފުރުސަތު ގާނޫނީ ޓީމަށް ދީފިއެވެ.

ޔާމީންގެ ގާނޫނީ ވަކީލުންނަށް އެމަނިކުފާނާ ބައްދަލުކުރެވޭނެ ގޮތް ކަރެކްޝަނަލް ސާވިސް އިން މި ހަމަ ޖައްސައިދިނީ ޔާމީންގެ ގާނޫނީ ޓީމުން ބައްދަލުވުން ހަމަޖައްސައިދިނުމަށް ކަރެކްޝަންސްގައި އެދެމުންދާތާ ދުވަސްތަކަކަށް ފަހުއެވެ.

އެންމެ ފަހުން އެފުރުސަތު މި ދިނީ ކުރިމިނަލް ކޯޓުން ކަރެކްޝަންސް އަށް އެންގުމުންނެވެ.

ޔާމީންގެ ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ ޖަމީލް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މިދުވަސް ދެކެން ޖެހިދާނެ ކަމަށް ހީނުކުރާ ކަމަށާ ޔާމީން އާއި ވަކީލުން ބައްދަލު ކުރެވުނީ ކޯޓުން އަމުރުނެރުމުން ކަމަށެވެ.

ތާހިރު އަދުލުވެރި ނިޒާމެއް އެމްޑީޕީއިން ކަށަވަރުކުރިކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ހޯމް މިނިސްޓަރު އެ ވިދާޅުވާ ހުރިހާ ވާހަކަތަކެއް ދެކޮޅު ނުޖެހޭ ކަމަށާ ހޯމް މިނިސްޓަރު އިމްރާން ދައްކަވަނީ ގާނޫނާއި ހިލާފު ވާހަކަ ތަކެއްކަން އެނގިގެން ހިނގައްޖެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ޔާމީން ޖަލުގައި ހައްޔަރު ކުރުމަށްފަހު މިއަދު އެމަނިކުފާނުގެ އަސާސީ ހައްގަށް އާދޭސް ކުރަން ޖެހޭއިރު އަމީރުންނާއި އަމީރާއިން ދަނީ އެ މަނިކުފާނުގެ ތަރައްގީގެ ތަހުތުގައި ވެޑުވެމުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީނަށް ބައްދަލުކުރައްވަން އެމަނިކުފާނުގެ ވަކީލުން ބޭނުންނުވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ހޯމް މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ވަކީލު ބައްދަލުވުން ހަމަޖައްސަން ރާއްޖޭގެ އެއްވެސް ކޯޓަކުން މިނިސްޓަރުގެ މައްޗަށް އަމުރެއް ނެރެފައި ނުވާ ކަމަށާއި އެގޮތުން ބައްދަލުވުން ބޭއްވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިސްނެގުމުގެ މަތިން "ލައްކަ" މަސައްކަތް ކުރެވިފައިވާ ކަމަށެވެ. 

އެކަމަކު ބައްދަލުވުން ނުބޭއްވިގެން އުޅެނީ އެކަން ކުރަން އެމަނިކުފާނުގެ ވަކީލުން ބޭނުންނުވާތީ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެވާހަކަތައް ދޮގުކޮށް ޔާމީންގެ އާއިލާއިން ބުނީ ޔާމީން އެންމެހާ އަސާސީ ހައްގުތަކުން މަހުރޫމްކޮށް އަނިޔާދެމުން ގެންދަނީ ދައުލަތުން ގަސްތުގައި ކަމަށާ އެކަންކަމުގައި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ދައްކަވަމުން ގެންދަވަނީ ހަގީގަތެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް