ads
ބީއެމްއެލުން ނ. އަތޮޅު ހޮސްޕިޓަލަށް ފޭސް ޝީލްޑް ހަދިޔާ ކުރަނީ-- ފޮޓޯ: ބީއެމްއެލް
ބީއެމްއެލުން 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކޮށްފި
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ 10 ހޮސްޕިޓަލަކަށް ފޭސް ޝީލްޑް ހަދިޔާކޮށްފި އެވެ.

ބީއެމްއެލުން ބުނީ ޖުމްލަ 10 ހޮސްޕިޓަލަކަށް 500 ފޭސް ޝީލްޑް ހަދިޔާ ކުރީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ދާއިރާއަށް އެހީވުމުގެ ގޮތުން ކަމަށެވެ. 

އެގޮތުން ބީއެމްއެލުން ފޭސް ޝީލްޑު ފޯރުކޮށްދިން ހޮސްޕިޓަލްތަކަކީ:

  1. އައިޖީއެމްއެޗް
  2. ހއ. އަތޮޅު ހޮސްޕިޓަލް (ދިއްދޫ)
  3. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  4. ނ. އަތޮޅު ހޮސްޕިޓަލް (މަނަދޫ)
  5. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
  6. ވ. އަތޮޅު ހޮސްޕިޓަލް (ފެލިދޫ)
  7. ފ. އަތޮޅު ހޮސްޕިޓަލް (ނިލަންދޫ)
  8. ތ. އަތޮޅު ހޮސްޕިޓަލް (ވޭމަންޑޫ)
  9. ގަން ރީޖަނަލް ހޮސްޕިޓަލް
  10. ގއ. އަތޮޅު ހޮސްޕިޓަލް (ވިލިނގިލި)

ރާއްޖޭގެ ގައުމީ ބޭންކުން އަންނަނީ ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ކަސްޓަމަރުންގެ ރައްކާތެރި ކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. 

އެގޮތުން ގިނަ ހިދުމަތްތަކެއް އޮންލައިންކޮށް ލިބޭނެ ގޮތް މަގުފަހިކޮށްފައި ވާއިރު، މިހާރު ހިދުމަތް ދެމުން ދަނީ އެޕޮއިންޓްމަންޓް އުސޫލުންނެވެ. 

ކޮވިޑް-19 އާ ގުޅިގެން ކަސްޓަމަރުންނަށް ދިމާވާނެ މާލީ ދަތިތަކަށް ލުޔެއް ހޯދައި ދިނުމުގެ ގޮތުން އެ ބޭންކުން ވަނީ ޝޯޓް ޓާމް ފައިނޭންސިން ތައާރަފުކޮށް، ޕާސަނަލް އަދި ހައުސިން އާއި ބިޒްނަސް ލޯނުތައް ފަސްކޮށްފަ އެވެ. 

އޭގެ އިތުރުން ބީއެމްއެލް މެދުވެރިކޮށް ނަގާފައިވާ ހުރިހާ ނެޝަނަލް ސްޓޫޑަންޓް ލޯނާއި އެޑިޔުކޭޝަނަލް އެސިސްޓަންސް ލޯނުތަކަށް ދައްކަން ޖެހޭ މުއްދަތު ފަސްކޮށްދިނުމާއި ސަރުކާރުގެ ކޮވިޑް-19 ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލް އިން ލޯނު ދިނުން ވެސް ހިމެނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް