ads
ކޮންޓްރޯލު ނައްޓައިގެން އައިސް ޕިކަޕުން ޖެހުނު ކާރު.-- ފޮޓޯ: ސީއެންއެމް
ޕިކަޕަކުން ޖެހި، ޓެރެފިކަށް މަޑުކޮށްގެން އޮތް ދެ ކާރަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ޕިކަޕެއް ކޮންޓްރޯލުން ނައްޓައިގެން ގޮސް، ހުޅުމާލޭން މާލެ ދިއުމަށް ބްރިޖަށް އަރަން ޓްރެފިކް ލައިޓަށް މަޑުކޮށްގެން އޮތް ދެ ކާރުގައި ޖެހި، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.

މިއަދު މެންދުރު ފަހު ހިނގި އެކްސިޑެންޓްގައި ޕިކަޕުން ޖެހުނު ކާރުގެ ފަހަތާއި ކުރި އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. އަދި ޖެހުނު ލެއް ބާރު ކަމުން އެ ކާރު ކަހާލައިގެން ގޮސް، އޭގެ ކުރީގައި އޮތް އެހެން ކާރެއްގައި ޖެހުމުން އެ ކާރުގެ ފަހަތަށް ވެސް ވަނީ ގެއްލުން ވެފައެވެ.

އެކްސިޑެންޓްގައި ގެއްލުންވި ދެ ކާރުގެ ޑްރައިވަރުން އަތުގައި ލައިސަންސް އޮތެވެ. އަދި ދެ ކާރުގެ ހުރިހާ ސްޓިކާތަކެއް ހަމަ އެވެ. ޕިކަޕު ދުއްވި މީހާގެ ތަފްސީލެއް ސާފެއް ނުވެ އެވެ.

އެކްސިޑެންޓް ވެފައިވާ ފޮޓޯތަކަށް ބަލާއިރު، ޕިކަޕުން ޖެހުނު ކާރުގެ ފަހަތު ޑިކީ ދޮރާއި، ބަންޕަރު ވަނީ މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އަދި ފަހަތު ބިއްލޫރިގަނޑު ވަނީ ތަޅައިގެން ގޮސްފަ އެވެ. އޭގެ އިތުރުން ކަހާލައިގެ ގޮސް ކުރީގައި އޮތް ކާރުގައި ޖެހުމުން، ކާރުގެ ކުރީގެ ބަންޕަރު ވެސް ވަނީ ހަލާކުވެފަ އެވެ.

އެނގިފައިވާ ގޮތުގައި ޕިކަޕުން ޖެހުނީ ފަހުގެ މަޒްޑާ ޑެމިއޯ ކާރެއްގަ އެވެ. ރާއްޖޭގެ މާކެޓުގައި ތިން ލައްކަ އަށް ވުރެ މަތިން އާންމުކޮށް ވިއްކާ މޮޑެލްގެ އެ ކާރު ގަނެގެން ދުއްވަން ފެށިތާ އަދި އަހަރެއް ވެސް ނުވެ އެވެ.

އެ ކާރު ކަހާލައިގެން ގޮސް ޖެހުނު ކާރުގެ ފަހަތު ބަންޕަރުގެ އިތުރުން ޑިކީ ދޮރަށް ގެއްލުން ވެފައިވާ ކަމަށް ވެއެވެ. އަދި ޕިކަޕުގެ ކުރީކޮޅު ވެސް ވަރަށް ބޮޑަށް ބަނޑިވެފައިވާއިރު، ފޮޓޯތަކުން ފެންނަ ގޮތުގައި ޕިކަޕުގެ ވިންޑް ޝީލްޑްގައި ކުދި ރެނދުތަކެއް ހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް