ads
ފޮޓޯ: ރައީސް އޮފީސް
"އައިލްސް" ސޮފްޓްވެއާގެ މައުލޫމާތު ވަޒީރުންގެ ބައްދަލުވުމުގައި ހިއްސާކޮށްފި
ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫއުތައް އެއް ޕްލެޓްފޯމަކުން ފެންނާނެގޮތަށް ފަރުމާކުރަމުންދާ "އައިލްސް" ސޮފްޓްވެއާ އާއި ގުޅޭ މައުލޫމާތު ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ހިއްސާ ކުރައްވައިފި އެވެ

ރައީސް އޮފިހުން މައުލޫމާތު ދޭ ގޮތުގައި ޕީއެސްއައިޕީ މަޝްރޫއުތައް އެއް ޕްލެޓްފޯމަކުން ފެންނާނެގޮތަށް ފަރުމާކުރަމުންދާ "އައިލްސް" ސޮފްޓްވެއާގެ ސަބަބުން ޕީއެސްއައިޕީގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫއުތައް ހިނގަމުންދާގޮތުގެ މައުލޫމާތާއި، ރާއްޖޭގެ މީހުން ދިރިއުޅޭ އަދި މީހުން ދިރިނޫޅޭ ހުރިހާ ރަށްތަކުގެ މައުލޫމާތު އެއްތަނަކުން އެއް ޕްލެޓްފޯމަކުން ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

މިއަދުގެ ބައްދަލުވުމުގައި ސަރުކާރުން ކުރިއަށްގެންދަވާ މަޝްރޫއުތަކުގެ މައުލޫމާތު އެއް ޕްލެޓްފޯމަކުން ފެންނަން ހުރުމުގެ މުހިންމުކަމާއި، "އައިލްސް" ސޮފްޓްވެއާ ފަދަ ސޮފްޓްވެއާ އަކުން ހުރިހާ މައުލޫމާތުތައް އާންމުކޮށް ލިބެން ހުންނާނެ އިންތިޒާމުތައް ހަމަޖެއްސެވުމާ ބެހޭގޮތުން މަޝްވަރާކުރެއްވެވި ކަމަށް ރައީސް އޮފީހުން މައުލޫމަތު ދެއެވެ.

މީގެއިތުރުން، ސަރުކާރުން 2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ކުރުމަށް ރާއްވަވާފައިވާ މަސައްކަތްތައް ހިމެނޭގޮތަށް އެކުލަވާލާފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭން (އެސް.އޭ.ޕީ) ތަންފީޒުކުރުމުގެ މަސައްކަތްތައް މިއަހަރުގެ ފުރަތަމަ ކުއާޓާގައި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އެކިއެކި އިދާރާތަކުން ކުރިއަށް ގެންދަވާފައިވާ މަޝްރޫއުތަކުގެ މިންވަރު ބެލުމަށްޓަކައި ހައްދަވާފައިވާ ރިވިއު، މިއަދު އޮންލައިންކޮށް ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމުގައި ހިއްސާ ކުރައްވާފައިވެއެވެ. މި މަޢުލޫމާތު ހިއަސާ ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ އޮފީހުންނެވެ.

ރައީސް އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި ރިވިއުގައި ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ދާއިރާތަކާއި ކޮންމެ ދާއިރާއެއްގެ ދަށުން ހިމެނޭ ސަބްސެކްޓާތަކުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި ކޮވިޑް-19 އާ ގުޅިގެން އިޤްތިސާދަށް އައިސްފައިވާ ބަދަލުތަކާއި ހާލަތަށް ރިއާޔަތްކޮށް ސްޓްރެޓީޖިކް އެކްޝަން ޕްލޭނަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން މެންބަރުން ހިޔާލު ބަދަލުކުރެއްވި ކަަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް