ads
މާލޭ ޖަލު-- ފޮޓޯ ޕީއެސްއެމް
މާލެ ޖަލުގެ ކައުންޓަރު ހިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފި
މާލެ ޖަލުގެ ކައުންޓަރުން ދެމުންގެންދިޔަ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

މޯލްޑިވިސް ކަރެކްޝަނަލް ސާވިސް އިން ނެރެފައިވާ ބަޔާނެއްގައި ބުނީ މާލެ ޖަލުގެ ކައުންޓަރުން ދެމުންގެންދިޔަ ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލައި، މިމަހުގެ 29 އިން ފެށިގެން އެ ހިދުމަތްތައް ދޭގޮތްތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ގައިދީންނަށް ފޮނުވާ އަންނައުނު ބަލައިގަންނާނީ ގާޒީ ބިލްޑިންގައި ހުންނަ އެސާވިސްގެ ހެޑް އޮފީހުން ކަމަށް ބުނެފައިވެ އެވެ.

އަދި އެ ހިދުމަތް ދޭން ހަމަޖައްސާފައިވަނީ ކޮންމެ ހަފްތާއެއްގެ ހޮނިހިރު ދުވަހުގެ 10:00 އިން 14:00 އާ ދެމެދު ކަަމަށް ކަރެކްޝަންސް އިން ބުނެއެވެ. 

ކަރެކްޝަންސް އިން ބުނީ ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދޫކުރުމަށް ހަމަޖައްސާފައިވަނީ 20 ޓޯކަން ނަންބަރު ކަަމަށެވެ.

މީގެ އިތުރުން ކޯލާއި އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކަށް އެދޭ ފަރާތްތަކުން ކަރެކްޝަންސްގެ ވެބްސައިޓަށް އީމެއިލް ކުރެއްވުން އެދޭކަަމަށާއި އަދި ގައިދީންނަށް ފައިސާ ފޮނުވުން ހަމަޖައްސާފައިވަނީ އޮންލައިންކޮށް ކަމަށް ކަރެކްޝަންސް އިން ބުނެފައިވެ އެވެ.

ކަރެކްޝަންސް އިން ބުނީ އެކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، ހުކުރު އަދި ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެވެސް 10:00 އާއި 14:00 އާ ދެމެދު އެ ސާވިސްގެ ހޮޓްލައިން ނަންބަރު 3312694 އަށް ގުޅުމުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް