ads
ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް އެކެއް ގެ 14 ވަނަ ބެޗް މާފުށީ ޖަލުގައި—
ގައިދީންނަށް ތައުލީމާއި ތަމްރީނު ދިނުމަށް ހާއްސަ ކޯސްތަކެއް ހިންގަން ފަށައިފި
ގައިދީންނަށް ތައުލީމާއި ތަމްރީނު ދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) އިން ކުރިއަށް ގެންދާ ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް އެކެއްގެ 14 ވަނަ ބެޗް މާފުށީ ޖަލުގައި ފަށައިފި އެވެ.

ހަތަރު ފޭސްގެ މައްޗަށް އެކުލެވިގެންވާ ރިހެބިލިޓޭޝަން ފްރޭމްވޯކް ތައާރަފްކުރުމުގެ މަގުސަދަކީ ގައިދީން އިސްލާހުކޮށް، އެމީހުންނަށް ތައުލީމާއި ހުނަރު އުނގަންނައިދީ، މުޖްތަމައުއަށް ނުކުންނައިރު އާމްދަނީއެއް ލިބޭނޭފަދަ މަސައްކަތެއްކޮށްގެން ކުށުގެވެށިން ދުރުހެލިވެ އުޅުމަށް މަގުފަހިކޮށްދިނުން ކަމަށް ކަރެކްޝަންސްއިން ބުނެއެވެ.

ކަރެކްޝަންސް އިން ބުނީ މާފުށީ ޖަލުން ރިހެބިލިޓޭޝަން ފްރޭމްވޯކް ރާވާ ހިންގާއިރު، އެ ފްރޭމްވޯކްގައި ހިންގާނީ އެމްކިއުއޭ އިން އެކްރެޑިޓްކޮށްފައިވާ ކޯސްތައް ކަމަށެވެ. އަދި ކިޔަވައިދެއްވަނީ އެމްސީއެސް ގެ އިންސްޓިޓިއުޓް ފޯ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް)ގެ މުދައްރިސުންނާއި މާފުށީ ޖަލުގެ އޮފިސަރުންކަމަށްވެސް ކަރެކްޝަންސް އިން ބުނެއެވެ.

your imageރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް އެކެއް ގެ 14 ވަނަ ބެޗް މާފުށީ ޖަލުގައި— 

އެމްސީއެސްއިން ގައިދީން އިސްލާހުކޮށް ކުށުގެ ވެށިން ދުރުހެލިކުރުމަށް ކުރަމުންގެންދާ މައްސައްކަތްތަކުގެ ތެރެއިން ރިހެބިލިޓޭޝަން ފްރޭމްވޯކްގެ ފޭސް އެކެއްގެ 14 ވަނަ ބެޗްގެ މަރުހަލާގައި ކުރިއަށްގެންދާނީ ހަމައެކަނި އޮފިސަރުންނާއި މުވައްޒަފުން ކިޔަވަދޭ ކްލާސްތަކެވެ. 

ފްރޭމްވޯކްގެ ފޭސް 1 ގެ މި ބެޗްގައި 50 ގައިދީން ވަނީ ބައިވެރިވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް