ads
ހަތަރު ޕީސީއާރް މެޝިން އައިޖީއެމްއެޗުގައި އިންސްޓޯލް ކުރަނީ-- ފޮޓޯ: އެސްޓީއޯ
އެސްޓީއޯއިން އައިޖީއެމްއެޗުގައި ހަތަރު ޕީސީއާރު މެޝިން ބަހައްޓައިފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ހަތަރު ޕީސީއާރް މެޝިން އިންސްޓޯލުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން ހަތަރު ޕީސީއާރް މެޝިން އައިޖީއެމްއެޗުގައި އިއްޔެ އިންސްޓޯލްކޮށްފައި ވާނެ ކަމަށާއި އެ ހަތަރު މެޝިންގެ ތެރެއިން ދެ މެޝިނަކީ އެ ކުންފުނީގެ ފަރާތުން ހަދިޔާ ކޮށްފައިވާ މެޝިން ކަމަށެވެ.


އެ މެޝިންތަކުގެ ސަބަބުން ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ކެޕޭސިޓީ އިތުރުވެ، ކޮވިޑުގެ ސަބަބުން ކުރިމަތިވާ ދަތިތަކަށް ލުޔެއް ލިބި، ކޮވިޑްގެ ހާލާތު ރާއްޖޭގައި އޮތް މިންވަރު ކުޑަކުރުމަށް އެހީއަކަށް ވެގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މީގެ އިތުރުން އެސްޓީއޯއިން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގާއިމްކުރެވިފައިވާ ކޮވިޑް ފެސިލިޓީތަކާއި ހޮސްޕިޓަލްތަކަށް ވެސް ކޮވިޑް-19 ގެ މިހާލަތުގައި ބޭނުންކުރެވޭނޭ ސިއްހީ ސާމާނު ފޯރުކޮށްދެމުންނެވެ. 

އެގޮތުން ހުޅުމާލެ ކޮވިޑް ފެސިލިޓީ ހިމެނޭ ގޮތަށް މިހާރު ގާތްގަނޑަކަށް ރާއްޖޭގެ އަށް އަތޮޅެއްގައި ގާއިމްކުރެވިފައިވާ ކޮވިޑް ފެސިލިޓީތަކުގައި ސިއްހީ ސާމާނު އަދި ހިދުމަތްތައް އެސްޓީއޯއިން ގާއިމްކޮށްދީފައި ވެއެވެ.

އައިޖީއެމްއެޗްގައި 24 ގަޑިއިރު ކޮވިޑަށް ޓެސްޓް ކުރަމުން ދާއިރު، އައިޖިއެމްއެޗުން ވަނީ މިދިޔަ މަހުގެ ތެރޭ އެކަނިވެސް ހޮސްޕިޓަލްގެ ލެބޯޓްރީން 50،000 ޕީސީއާރު ޓެސްޓް ހަދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް