ads
ޕަވާޕަފް ގާލްސް/ ބަބުލްސް، ބުލޮސަމް، ބަޓާކަޕް
"ޕަވާޕަފް ގާލްސް" ގެ ލައިވް އެކްޝަން ސީރީޒެއް
ނުވަ ދިހައިގެ އަހަރުތަކުގައި ކުޑަކުދިން އަދި ހާއްސަކޮށް އަންހެން ކުދިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި އެނިމޭޓަޑް ސީރީޒް "ޕަވާޕަފް ގާލްސް" ގެ ލައިވް އެކްޝަން ސީރީޒެއް ހަދަން އުޅޭކަމުގެ އަޑުތައް ގަދަވެއްޖެ އެވެ.

ސާރާ ޝެކްޓާ އާއި ޑޭވިޑް މެޑަން ޕްރޮޑިއުސްކޮށް ނެރޭ ފުރަތަމަ ޕަވާޕަޕް ގާލްސް ގެ ލައިވް އެކްޝަން ސީރީސް އުފެއްދުމުގެ މަސައްކަތް "ސީޑަބްލިއު" އިން މިހާރު ފަށާފައިވާ އިރު މި ސީރީޒުގައި އާދަޔާ ހިލާފު ބާރުތަކެއް ލިބިފައިވާ ތިން ހީރޯއިން ހިމެނެ އެވެ.

your imageޕަވާޕަފް ގާލްސް/ ބަބުލްސް، ބުލޮސަމް، ބަޓާކަޕް

މި ޕްރޮޖެކްޓްގައި ހަރަކާތްތެރިވަނީ ލިޔުންތެރިޔާ އަދި އެކްޒެކިއުޓިވް ޕްރޮޑިއުސާ ހެތާ ރެޖިނިއާ އަދި ޑިއާބްލޯ ގޯޑީއެވެ. ބަރްލަންޓި ޕްރޮޑަކްޝަންއިން ގެނެސްދޭ މި ސީރީސް ޕްރޮޑިއުސް ކުރާނީ ވާނާ ބްރޯސް ޓެލެވިޝަން އިންނެވެ.

މި ސީރީސްގެ މައިގަނޑު ކެރެކްޓާތަކަކީ ބުލޮސަމް، ބަބްލްސް އަދި ބަޓަކަޕް އެވެ. މި ސީރީސްއަކީ ހާއްސަކޮށް އަންހެނުންގެ ބާރުތައް ދައްކުވައިދޭ ގޮތަށް ހެދިފައިވާ ސީރީސްއެކެވެ.

your imageޕްރޮފޭސާ ޔުޓޯންނިއުމް——

ޕަވާޕަފް ގާލްސްގެ އެނިމޭޓަޑް ސީރީޒްގެ ފަހު އެޕިސޯޑު 2005 ވަނަ އަހަރު ގެނެސްދީފައި ވާއިރު މި ސީރީސްގެ އޮރިޖިނަލް ކާޓޫން އުފައްދާފައި ވަނީ ގްރެއިގް މެކްކްރެކެން އެވެ.

މި ސިރީސްގެ ވާހަކަ ބިނާވެގެންވަނީ ކާޓޫންގައި ހިމެނޭ ކެރެކްޓާ ޕްރޮފޭސާ ޔުޓޯންނިއުމް އަށް ލެބް ރިސާޗެއްގެ ތެރެއިން އޮޅިގެން އެލެމެންޓްރީ ސްކޫލް އުމުރު ސުޕާ ޓީމެއް ހެދި ދެން ހިނގާ ކަންތައްތަކެއްގެ މައްޗަށެވެ. އެއީ ބުލޮސަމްއާއި، ބަބުލްސް އަދި ބަޓާކަޕްއެވެ.

your imageޕްރޮފޭސާ ޔުޓޯންނިއުމް އާއި އޭނަގެ ސްޕާ ޓީމް

މި ސީރީސް 1998 އަކުން ފެށިގެން 2005 ވަނަ އަހަރާއި ހަމައަށް ކުރިއަށް ދިއުމަށްފަހު “ދަ ޕަވާޕަޕް ގާލްސް”ގެ ނަމުގައި ފިލްމެއް ވެސް ހެދިގެން ދިއެވެ. 2002 ވަނަ އަހަރު މި ފިލްމް ރިލީސް ކުރެވުނުއިރު 2016 ވަނަ އަހަރު ވަނީ ރީބޫޓެޑް އެނިމޭޓެޑް ސީރީސް އެއްވެސް މީގެ ދަށުން ކުޑަކުދިންގެ މެދުގައި އެންމެ މަގުބޫލް ކަޓޫން ޗެނަލް “ކާޓޫން ނެޓްވޯކިން” ދައްކަން ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް