ads
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ިފިޝަރީޒް މިނިސްޓަރު ޒަހާ މަސްއޫލިއްޔަތު އަދާ ނުކުރައްވޭ: ނަޝީދު
ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ މަސްވެރިކަމާ ބެހޭ އާ ގާނޫނަށް އަމަލު ކުރަން ފެށި ތާރީހުން ފެށިގެން ހަ މަސް ތެރޭގައި ގަވާއިދުތައް ހަދަން ޖެހޭއިރު އެކަން ކޮށްފައި ނުވާ ކަމަށެވެ. 

އެ ގާނޫނަށް އަމަލު ކުރަން ފެށީ ސެޕްޓެމްބަރު 16، 2019 ގައެވެ. އެ ގާނޫނުގައިވާ ގަވާއިދުތައް އެ ތާރީހުން ފެށިގެން ހަ މަސް ތެރޭގައި ހަދަން ޖެހެ އެވެ. 

ގަވާއިދުތައް ނުހެދި މައްސަލަ ބެލި ކޮމިޓީގެ ރިޕޯޓުގައި މިނިސްޓަރު ޒަހާ ގާނޫނާ ހިލާފުވެވަޑައިގެންފައިވާ ކަމަށް އެބަ އޮތް ކަމަށް ނަޝީދު މިއަދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެ މައްސަލައިގެ ބަހުސް މަޖިލީހުގައި ކުރަން ފެށުމުން މިނިސްޓަރު ޒަހާ ފޮނުއްވި ސިޓީއެއްގައި ގަވާއިދުތަކުގެ ދެލިކޮޕީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދަން ފޮނުވާފައިވާ ކަމަށް ވިދާޅުވި ކަމަށެވެ. 

ނަމަވެސް އަދިވެސް ގަވާއިދުތައް ގެޒެޓުކޮށްފައި ނުވާތީ، އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. 

އެކަމަކު އެ ކޮމިޓީއަށް ފޮނުވައިގެން ވެސް މައްސަލަ ނިމޭނީ މިނިސްޓަރު މަސްއޫލިއްޔަތު އަދާ ނުކުރެއްވި ކަމަށް ކަމަށާއި، އެހެންކަމުން ދެން އަމަލުކުރަންވީ ގޮތް ސާފުވާ ކަމަށް ވިދާޅުވި އެވެ. 

މިނިސްޓަރެއް މަސްއޫލިއްޔަތު އަދާ ނުކުރާ ނަމަ، އިތުބާރު ނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލީހުގައި ނެގޭނެ އެވެ. މީގެ ކުރިން އެމްޑީޕީ މެމްބަރުން ވަނީ ޒަހާގެ އިސްތިއުފާއަށް ގޮވާފަ އެވެ.

ޒަހާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރްއެމް) ގެ ސްލޮޓެއްގައި ފިޝަރީޒް މިނިސްޓަރުކަން ކުރައްވަމުން ގެންދަވާ ބޭކަނބަލެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް