ads
ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ): ---
ޑީއާރުޕީއަކީ އިދިކޮޅު ކޯލިޝަނުގެ މެމްބަރެއް ނޫން: އަބްދުއްރަހީމް
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ) އަކީ އިދިކޮޅު ކޯލިޝަނުގެ މެމްބަރެއް ނޫން ކަމެއް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމުގައި އިސްކޮށް އުޅުއްވާ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅުގައި ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ޑީއާރްޕީ އާޢެކު އެއްބަސްވުމެއް ނުހަދާ ކަމަށެވެ. 

އެ ދެ ޕާޓީން ޑީއާރްޕީއާ ގުޅިގެން ސަރުކާރު ޒިންމާދާރު ކުރުމުގެ މަސައްކަތް ކުރުމަށް މިދިޔަ ހަފްތާގައި މަޝްވަރާ ކުރި ނަމަވެސް އެއްވެސް އެއްބަސްވުމެއް ނެތް ކަމަށް އަދުރޭ ވިދާޅުވި އެވެ.

"ވަކި ޑީއާރުޕީއެއް ނޫން، އެއްވެސް ސިޔާސީ ޕާޓީއަކާ އެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ޕީޕީއެމް/ޕީއެންސީ އިން މިހާތަނަށް ހަދާފައެއް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަދުރޭ އެހެން ވިދާޅުވިއިރު، ޑީއާރްޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން ދެއްކެވި ވާހަކަތަކާ ގުޅިގެން ބައެއް ފަރާތްތަކުން އަންނަނީ އިދިކޮޅު ކޯލިޝަނަށް ވެސް ފާޑުކިޔަމުންނެވެ. 

ޖާބިރު ވަނީ އޭނާއަށް 19 މިލިއަން ރުފިޔާ އަނބުރާ ދައްކަވަން ޖެހޭކަން ބައްޕާފުޅަށް ހަނދުމަކޮށްދިނުމަށް އެދި ގުރައިދޫ ދާއިރާގެ މެމްބަރު އަދި މައުމޫނުގެ ދަރިކަލުން ގައްސާނަށް އޯޑިއޯ މެސެޖެއް ފޮނުއްވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް