ads
ރަންވީރް ސިންގް ފިލްމުގެ ޕޯސްޓަރުގައި--
ކުރިއަށް އޮތް ފިލްމަށް ރަންވީރަށް ބޮޑު ބަދަލެއް!
ރަންވީރް ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ޖަޔޭޝްބާއީ ޖޮރްދާރް" އަށް އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.
ރަންވީރް ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ޖަޔޭޝްބާއީ ޖޮރްދާރް" އަށް އޭނާގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި އެވެ.

ޕަދްމާވަތު، ސިމްބާ، ގަލީ ބޯއީ އަދި ބަޖިރާއޯ މަސްތާނީ ފަދަ ފިލްމުތަކުން ފެނިފައިވާ ރަންވީރު އެ ފިލްމުތަކަށް ވެސް ތައްޔާރުވުމަށް މިހަކަލަ ބަދަލުތައް ގެނަ އެވެ.

"ޖާޔޭޝްބަޔް ޖޮރްދާރީ" ގައި ގުޖަރާތު މީހެއްގެ ރޯލުން އޭނާ ފެންނަ އިރު، އެ ރޯލަށްޓަކައި އޭނާ ވަނީ ހަށިގަނޑުން އެތައް ކިލޯއެއް ދުއްވާލާފަ އެވެ.

އެ ރޯލާ ގުޅޭ ގޮތުން ރަންވީރު ބުނީ ޖާޔޭޝްބާއީ އަކީ ނުރައްކާތެރި ހާލަތެއްގައި އާދަޔާ ހިލާފު ކަމެއް ކުރެވޭ އާދައިގެ މީހެއް ކަމަށެވެ. އަދި އޭނާއަކީ މުޖުތަމައުގައި އަންހެނުންނާއި ފިރިހެނުންނަށް ހަމަހަމަކަން ގެނައުމަށް މަސައްކަތް ކުރާ މީހެއް ކަމަށެވެ.

ފިލްމުގެ ބޮޑު ބައި ގުޖަރާތުގައި ކުޅޭއިރު، މި ފިލްމުގައި ރަންވީރު މަސައްކަތް ކުރާނީ އަލަން ފިލްމެއް ލިޔެ، ޑިރެކްޓް ކުރާ ދިވްޔަންގް ތައްކާރްއާ އެކު އެވެ.
100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް