ads
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ޗައިނާ ސަފީރު--
ޝާހިދަށް ސަފީރުގެ ތައުރީފް!
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެކި ބަސް ބަހުން ވާހަކަ ދެއްކުމުގައި ވަރަށް ކުޅަދާނަ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު، މިނިސްޓަރު ޝާހިދަށް ތައުރީފް ކުރައްވާފައި މިވަނީ ރާއްޖޭގެ މިނިވަން ކަމަށް 55 އަހަރު ފުރުމުގެ މުނާސަބަތުގައި މިއަދު ޗައިނާގެ ބެއިޖިންގައި ދިވެހި އެމްބަސީން ބޭއްވި ރަސްމިއްޔާތެއްގައި އޮންލައިންކޮށް ބައިވެރިވެވަޑައިގެން ޗައިނާ ބަހުން ވާހަކަ ދެއްކުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ސަފީރު މިއަދު ވަނީ އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ޗައިނާ ބަހުން ވާހަކަ ދައްކަވާ ވީޑިއޯ ވެސް އާންމުކޮށްފަ އެވެ. އަދި އަމިއްލަފުޅަށް ބަސް ދަސްކުރުމުގައި ހުރި ކުޅަދާނަކަމުގެ ސަބަބުން އެކަން ފާހަގަކުރުމަށް ސެޓްފިކެޓެއް މިނިސްޓަރަށް ދޭން ވިސްނަވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮތީ އިގްތިސޯދީ ވަރުގަދަ ގުޅުމެއްގެ އިތުރުން ދެ ގައުމުގެ މެދުގައި ރަހުމަތްތެރިކަމުގެ ވަރުގަދަ ގުޅުމެއް ވެސް އުފެދިފައިވާ ކަމަށެވެ. 

އަދި ތަރައްގީގެ މަސައްކަތުގައި ޗައިނާގެ ބައިވެރިވުން އޮތްކަން ފާހަގަކުރައްވާ ވިދާޅުވީ ރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގައި ވެސް ވަރަށް މަގްބޫލު މަންޒިލެއް ކަމަށެވެ. 

އޭގެ އިތުރުން މިނިސްޓަރު ވަނީ ރާއްޖެ އާއި ޗައިނާގެ ޑިޕްލޮމެޓިކް ގުޅުމަށް 48 އަހަރު ފުރިގެންދާއިރު ދެ ގައުމުން ވެސް އަންނަނީ މި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފަ އެވެ. 

މީގެ ކުރިން ވެސް މިނިސްޓަރު ޝާހިދު ވަނީ އެކި ގައުމުތަކުގެ ބަސް ބަހުން ވާހަކަ ދައްކަވާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް