ads
ފޮޓޯ:- އެޑިޓާސް ގިލްޑް--
ކޮވިޑަށް ހޭލުންތެރިކުރުމުގެ ހާއްސަ ކެމްޕެއިނެއް މީޑިއާތައް ގުޅިގެން ފަށަން ނިންމައިފި
ރާއްޖޭގެ އޮންލައިން ނޫސްތަކާއި ޓީވީ، އަދި ރޭޑިއޯގެ އިތުރުން ނިއު މީޑިއާ ގުޅިގެން ކޮވިޑާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ހާއްސަ ކެމްޕެއިނެއް ފަށަން ނިންމައިފިއެވެ.

އެޑިޓާސް ގިލްޑްގެ ފަރާތުން ކުރިއަށް ގެންދާ މި ކެމްޕޭން ހިންގަން ނިންމީ، ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އެދެވޭ ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކެއް ފާހަގަ ކޮށް އެ މަގަށް މަސައްކަތް ކުރުމަށެވެ.

އެޑިޓާސް ގިލްޑް އިން ބުނީ ކޮވިޑާ ގުޅޭ ހަބަރާ މައުލޫމާތު، މީޑިއާތަކުން މިހާރު ގެނެސްދޭ މިންވަރަށް ވުރެ ފުޅާކޮށް، ހުރިހާ މީޑިއާއެއްގައި އެއް ބާވަތެއްގެ މެސެޖުތަކެއް ދެވޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ މި ހާއްސަ ކެމްޕޭނުގެ އަމާޒު ކަމަށެވެ.

އަދި ކޮވިޑާ ގުޅޭ މިހާއްސަ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާއި އިސްކަންދޭނެ ހަބަރާއި މައުލޫމާތާ ގުޅޭ ގޮތުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ އިސް ބޭފުޅުންނާއެކު މީޑިއާތަކުން ވަނީ މިއަދު ބައްދަލުކޮށް މަޝްވަރާ ކޮށްފައެވެ. 

މި މަޝްވަރާތަކުގެ އަލީގައި މި ހާއްސަ ކެމްޕޭނު ކުރިއަށް ގެންދާނެ ގޮތް ރާވާ އިންތިޒާމުކޮށް ހެދުމުގައި އެކިއެކި މީޑިއާތައް ހިމެނޭ ގޮތުން ސްޓިއަރިން ކޮމެޓީއެއް ވަނީ އެކުލަވާލެވިފައެވެ.

މި ކެމްޕޭނުގެ މަސައްކަތް ކުރިއަށް ދާނީ ހުރިހާ މީޑިއާތަކެއްގެ ބައިވެރި ވުމާއެކު ސްޓިއަރިން ކޮމިޓީގެ ލަފާގެ މަތިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް