ads
އަނުޝްކާ އާއި ވިރާޓް--
އަނުޝްކާ އިނީ ބަލިވެ! ވިހަނީ ޖެނުއަރީގައި
އަނުޝްކާ ޝަރްމާ އާއި ވިރާތް ކޯލީއަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފި އެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ދެ ތަރިން މިއަދު ހެނދުނު އެކަން ހާމަކޮށް ބުނެފައި ވަނީ އާއިލާއަށް ތިން ވަނަ ފަރާތެއް އަންނަ ކަމަށެވެ. 

އެކަން އިއުލާންކުރަމުން ވަނީ އަނުޝްކާގެ ބަނޑު ބޮޑު ފޮޓޯއެއް ވެސް ހިއްސާކޮށްފަ އެވެ. އަދި އަނުޝްކާގެ ކައިރީގައި ވިރާޓް ހުންނަ މަންޒަރު ވެސް ފެނެ އެވެ. 

މިހާރު އަނުޝްކާގެ ބަނޑަށް ގާތްގަނޑަކަށް ހަތަރު މަސްވެފައިވާއިރު އޭނާ ވިހާނީ އަންނަ ޖެނުއަރީ މަހުގައި ކަމަށް ވެސް ބުނެފައިވެ އެވެ. 

އެ އުފާވެރި ހަބަރު އިއުލާންކުރުމާއެކު އެމީހުންގެ ސަޕޯޓަރުންނާއި ބޮލީވުޑުގެ ތަރިން ވެސް އަންނަނީ އެމީހުންނަށް މަރުހަބާ ކިޔަވަމުންނެވެ. 

ބޮލީވުޑުގެ މަޝްހޫރު ބަތަލާ އަނުޝްކާ ޝަރްމާ އާއި ވިރާޓް ކޯލީއަކީ ބޮލީވުޑުގެ އެންމެ ލޯބި އެއް ޖޯޑެވެ. 2017 ވަނަ އަހަރު އިޓަލީގައި ދެމީހުން ކައިވެނި ކުރިއިރު އެމީހުންގެ ކައިވެނީގެ ފޮޓޯތަކަށް ވެސް ބޮޑު ސަމާލުކަމެއް ލިބުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް