ads
ފުލުހުންގެ ލެބަށް ޕީސީއާރު މެޝިނެއް އެސްޓީއޯ އިން ހަދިޔާކުރުން--
އެސްޓީއޯއިން ފުލުހުންގެ ލެބަށް ޕީސީއާރު މެޝިނެއް ހަދިޔާކޮށްފި
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ ފަރާތުން ފުލުހުންގެ ލެބަށް ޕީސީއާރު މެޝިނެއް ހަދިޔާކޮށްފި އެވެ.
އެސްޓީއޯގެ ފަރާތުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމުރު، އެމެޝިން ހަވާލުކޮށްދެއްވާފައި ވަނީ ފުލުހުންގެ ފޮރިންސިކް ސާވިސްގެ ޑިރެކްޓޮރޭޓް އަބްދުﷲ އަހުމަދުއާ އެވެ.

އެސްޓީއޯ އިން ބުނީ އެ މެޝިންގެ ސަބަބުން ކޮވިޑްގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރެވޭނެ ކަމަށެވެ.

މިފަހުން އެސްޓީއޯ އިން ވަނީ އައިޖީއެމްއެޗަށް ވެސް ކޮވިޑްގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން ދެ ޕީސީއާރް މެޝިން ހަދިޔާކޮށްފަ އެވެ. 

މާލޭގައި ކޮވިޑަށް ޓެސްޓް ކުރެވެނީ އައިޖީއެމްއެޗާއި ފުލުހުންގެ ލެބްގެ އިތުރުން އޭޑީކޭގަ އެވެ. 

ރާއްޖޭގައި ކޮވިޑްގެ ޓެސްޓިން ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު އަދިވެސް ވެސް ނަތީޖާ ލިބުމުގައި ލަސްތަކެއް އުޅޭތީ އެކަމުގެ ކަންބޮޑުވުންތައް އުޅެ އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް