ads
ލ. ގަން ކޮވިޑް-19 ފެސިލިޓީ/ ފޮޓޯ:ލ. ގަން ރީޖަނަލް ހޮސްޕިޓަލް
ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރި މީހުންގެ އަދަދު 180 އަށް
ކޮވިޑް19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 180 އަށް އަރައިފިއެވެ.

ރާއްޖޭގައި ހަލުވިކަމާއިއެކު ކޮވިޑް19 ފެތުރެމުން އަންނައިރު ބަލި ޖެހޭ މީހުންގެ އަދަދު އަންނަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރު ވަމުންނެވެ.

ބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިން ހިމެނެއެވެ.

ކޮވިޑް19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު މިހާރު ވަނީ 180 އަށް އަރާފައެވެ.

އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވާއިރު ރާއްޖޭގެ ހޮސްޕިޓަލް ބެޑް ކެޕޭސިޓީއަކީ 266 އެވެ.  

މިދިޔަ ޖުލައި މަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވަނުން އަންނައިރު ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި އެ އަދަދު އެހާ ބޮޑަށް އިތުރުވާން ދިމާވީ ކޮވިޑްގެ ޝިކާރައަކަށް ދިވެހިން ވާން ފެށި ހިސާބުންނެވެ. ނުވަތަ ގިނަ އަދަދެއްގެ ދިވެހިން ބައްޔަށް ޕޮޒިޓިވްވާން ފެށުމުންނެވެ. ރާއްޖޭގެ ހޮސްޕިޓަލު ކެޕޭސިޓީގެ 60 އިންސައްތަ ފުރިފައި އޮތްއިރު ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން ވެސް އެބަ އޮތް ކަމަށް ޑރ ޝީނާ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮވިޑް19 ގެ ކޭސް ތައް އިތުރު ވަމުން އަންނަ އިރު މެނޭޖް ކުރަން އުނދަގޫ ވާނެ ކަމަށް ޑރ އަލީ ލަތީފް ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ޑރ ލަތީފް އޭރު ވިދާޅުވީ ރާއްޖޭގައި އެހެން ބަލިތައް ވެސް ގިނަކަމަށާ މިގޮތަށް ހޮސްޕިޓަލުގައި އެޑްމިޓްކުރަން ޖެހޭ އަދަދު ގިނަވާއިރު ޑޮކްޓަރުންނާއި ނަރުހުންގެ ދަތިކަން މިހާރު ވެސް ކުރިމަތިވާ ކަމަށެވެ. ކޭސްތަކުގެ އަދަދު އިތުރުވާނަމަ ފަރުވާދޭނީ ކާކުކަން ކަނޑައަޅަން ޖެހިދޭނެ ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވަނުން އަންނައިރު ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި އެ އަދަދު އެހާ ބޮޑަށް އިތުރުވާން ދިމާވީ ކޮވިޑްގެ ޝިކާރައަކަށް ދިވެހިން ވާން ފެށި ހިސާބުންނެވެ. ނުވަތަ ގިނަ އަދަދެއްގެ ދިވެހިން ބައްޔަށް ޕޮޒިޓިވްވާން ފެށުމުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް