ads
ކޮވިޑް ވެކްސިން
ކޮވިޑުގައި ކުޑަކުދިންގެ ހާލު ސީރިއަސް ވަނީ ވަރަށް މަދުން: ދިރާސާ
ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ މެދުގައި ކޮވިޑް-19 ބަލި ސީރިއަސްވެ، މަރުވަނީ ވަރަށް މަދުން ކަމަށް އިނގިރޭސިވިލާތުން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އިއްޔެ ޝާއިއު ކުރި ދިރާސާއިން އެނގުނު ގޮތުގައި ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުގައި މީހުން އެޑްމިޓު ކުރި 138 ހޮސްޕިޓަލުގައި ތިބި ބަލި މީހުންގެ ތެރޭގައި ހިމެނެނީ އެއް ޕަސަންޓަށް ވުރެ ވެސް މަދު އަދަދެއްގެ ކުޑަކުދިންނެވެ. 

އަދި އެ އެއް ޕަސަންޓު ކުދިންގެ ތެރެއިން މަރުވެފައި ވަނީ ޖުމްލަ ހަ ކުދިންނެވެ. އެ ހުރިހާ ކުދިންނަކީ ވެސް ސިއްހީ އެހެން މައްސަލަތައް ދިމާވެފައި ތިބި ކުދިންނެވެ.

އެކަމާ ގުޅިގެން ޔުނިވާސިޓީ އޮފް ލިވަޕޫލްގެ ޕްރޮފެސާ މެލްކަމް ސެމްޕްލް ވިދާޅުވީ ކޮވިޑް-19 ގެ ސަބަބުން ކުޑަކުދިންނަށް ބޮޑު އަސަރެއް ކުރާ ކަމަށް ނުބެލެވޭ ކަމަށެވެ. 

ދުނިޔޭގެ ތަފާސްހިސާބަށް ބަލާއިރު، މި ބަލި ޖެހިފައިވާ މީހުންގެ ތެރެއިން ކުޑަކުދިންނަކީ އެންމެ އެކެއް ނުވަތަ ދޭއް ޕަސަންޓެވެ. އަދި ކުދިންނަށް ބަލި ޖެހުމުން އަލާމާތްތައް ފެންނަނީ ވަރަށް މަދުންނެވެ. ނުވަތަ އެއް ގޮތަކަށް ވެސް އަލާމާތެއް ނުފެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް