ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މޭޔަރުގެ އިތުބާރު ނެތް ވޯޓު ނަގާތީ ނަޝީދު ބިރު ދެއްކި ވާހަކަ ދޮގުކޮށްފި
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވޯޓު ނަގަން މަސައްކަތް ކުރުމާއެކު އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކައުންސިލުގެ މެމްބަރުންނަށް ބިރު ދެއްކި ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި އެވެ.

ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ ފަރާތުން އެކަމުގައި ނޫސް ބަޔާނެއް ނެރެފައި ވަނީ ސަން އޮންލައިން ގައި "މާލޭގެ މޭޔަރުގެ އިތުބާރު ނެތް ކަމުގެ ވޯޓް މިއަދު ނަގަނީ، ނަޝީދުގެ އިންޒާރެއް" ކަމަށް ބުނެ ލިޔެފައިވާ ލިޔުމަކާއި ގުޅިގެންނެވެ. 

އެ ނޫސް ބަޔާނުގައި ބުނީ  ރައީސް ނަޝީދު ކައުންސިލު މެންބަރުންނާ ބައްދަލުކޮށް ބިރު ދައްކާފައިވާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ޕާޓީގެ ރައީސްގެ ހައިސިއްޔަތުން ޕާރޓީގެ ކައުންސިލަރުންނާ ބައްދަލުކޮށް ޕާޓީގެ ލީޑާޝިޕް އަދި ކައުންސިލު މެންބަރުން ގުޅިގެން އިތުރަށް ކުރެވެން ހުރި މަސައްކަތްތަކުގެ މަޝްވަރާކުރެވުނު އެ ބައްދަލުވުމާ ގުޅިގެން އެހެން ގޮތަކަށް ދެކެވޭ ވާހަކަތަކަކީ ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ހިންގާ ފިނޑި އަމަލެއް ކަމަށެވެ. 

އެ ނޫސް ބަޔާނުގައި ބުނީ އެމްޑީޕީގެ ފިކުރަކީ އަބަދުވެސް މަޝްވަރާގެ އުސޫލުން ކަންކަން ހައްލު ކުރުންކަމަށާއި އެކަން ކުރިއަށް އޮތް ތަނުގައިވެސް ހިނގާނީ އެ އުސޫލުން ކަމަށެވެ. 

39 މައްސަލައަކާއެކު ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިދިޔަ ޖުލައި މަހުގެ 16 ގައި ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަހުމަދު ފަޒީނެވެ. 

އެ މައްސަލައިގައި މޭޔަރު ޝިފާ ޖަވާބުދާރީވުމަށް މިމަހުގެ 18 ވަނަ ދުވަހު ވަނީ ދިހަ ދުވަހުގެ މުއްދަތެއްދީފަ އެވެ. އެ މުއްދަތު މިއަދަށް ހަމަވާއިރު އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަން އެލްޖީއޭ އިން އަންގާފައި ވަނީ މިއަދު މެންދުރުފަހު 15:00 ގައި ޖަވާބުދާރީވުމަށް އެޖެންޑާކޮށްފައިވަނިކޮށް އޭގެ ބައި ގަޑިއިރު ކުރިންނެވެ. އެ މައްސަލަ ކުރިއަށް ނުގެންދެވޭނެކަމަށް ބުނެ އެލްޖީއޭ އިން ފޮނުވި ސިޓީގައި ވަނީ މޭޔަރު ޝިފާ މިމަހުގެ 25 ގައި ފޮނުވި ސިޓީއާ ގުޅިގެން އިންކުއަރީއެއް ކުރިއަށްދާތީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް