ads
އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާގައި އަދުރޭ ވާހަކަ ދައްކަނީ
ކޮޗިން އިން ރާއްޖެއަށް ކާގޯ ފެރީއައުން ހުއްޓުވަން ނިކުންނަން ޖެހޭ: އަދުރޭ
ކޮޗިންނާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ފެށުމަކީ ރާއްޖޭގެ އިގްތިސޯދު ފުނޑާލުން ކަމަށާއި އެކަމާއި ދެކޮޅަށް ރައްޔިތުން ނިކުންނަން ޖެހޭ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޮލިޝަނުގެ ޒުވާނުން އިސްނަގައިގެން މިއަދު ހަވީރު މާލޭގައި ބޭއްވި ސައިކަލު ބުރު، ޕީޕީއެމް އޮފީސް ދޮރު މައްޗަށް ނިންމާލިއިރު އެތަނުގައި އިދިކޮޅުގެ އިސްވެރިން ވަނީ އެ ހަރަކާތުގެ ބައިވެރިންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފަ އެވެ. 

ސަރުކާރަށް ފާޑުވިދާޅުވެ އަބްދުއްރަހީމް ވަނީ ކާގޯ ފެރީ ރާއްޖެއަށް އައުން ހުއްޓުވުމަށްޓަކައި ދިވެހިން ނިކުންނަން ޖެހޭ ކަމަށާއި އެގޮތުން ކާގޯ ފެރީ ރާއްޖެއަށް ބަނދަރުކުރުމަކީ ދިވެހި މިނިވަން އިގްތިސޯދު ފުނޑާލުން ކަމަށެވެ. އަދި އެކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ވެސް އިނދަޖެހިގެންދާނެކަމަށް އަބްދުއްރަހީމް ވިދާޅުވެ އެވެ. 

" ކާގޯ ފެރީ ދިވެހިރާއްޖެއަށް ބަނދަރުކުރުމަކީ ދިވެހި މިނިވަން އިގްތިސޯދު ފުނޑާލުމޭ. މިނިވަން ވިޔަފާރީގެ ސިޔާސަތު ގެއްލުވާލުމޭ. އަޅުގަނޑުމެންގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އިނދަ ޖައްސާލުމޭ. އެހެންވީމަ އަޅުގަނޑުމެން އެބަ ޖެހޭ ކުޅުދުފުއްޓަށް ބަނދަރުކުރަން ރޭވިފައި އޮތް ކާގޯ ފެރީ ބަނދަރު ކުރިޔަ ނުދިނުމަށްޓަކައި ނިކުންނަން،" އަބްދުއްރަހީމް ވިދާޅުވެ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ކާގޯ ފެރީ ރާއްޖޭގައި ބަނދަރުކުރުން ހުއްޓުވަން ޖެހެނީ ވޯރާ ވިޔަފާރިވެރިންގެ ޒަމާން އަލުން އަނބުރާ ރާއްޖެއަށް ގެނަޔަ ނުދިނުމަށްޓަކައި ކަމަށެވެ. 

ފޮރިން މިނިސްޓްރީން ވަނީ ކޮޗިންނާއި ކުޅުދުއްފުއްޓާއި ދެމެދު ކާގޯ ފެރީގެ ހިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ބުނެފަ އެވެ. 

ކޮވިންއާއި ރާއްޖެއާއި ދެމެދު ފެރީގެ ހިދުމަތް ފެށުމަށް މިމަހުގެ 13 ވަނަ ދުވަހު ފޮރިން މިނިސްޓަރު ޝާހިދު ވަނީ އެކަމާއި ގުޅޭ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރާއެކު ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ކުރައްވާފައެވެ.

ކާގޯ ފެރީގެ ހިދުމަތް ފެށުމަށް ހަމަޖެހިފައިވަނީ ހދ ކުޅުދުއްފުއްޓަށެވެ. ކާގޯ ފެރީގެ ހިދުމަތާއެކު ދިވެހިރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ޒަމާންވީ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އަދި ކުޅުދުއްފުއްޓަކީ ފެރީގެ އެއް މަންޒިލްކަމަށްވުމާއެކު، މިއީ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ގޮތުން ކުރި އެރުން ލިބި، ރާއްޖޭގެ އުފެއްދުންތައް އިންޑިއާގެ މާކެޓަށް އަދި އިންޑިއާ މެދުވެރިކޮށް ބައިނަލްއަގްވާމީ މާކެޓަށް ނެރުމަށް ފަސޭހަ ވެގެންދާނެ ކަމެއްް ކަމަށް ވެސް މިނިސްޓްރީން ބުނެ އެވެ.

ރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު، އިންޑިއާގެ ކޮޗިންއާ ހދ. ކުޅުދުއްފުއްޓާއި ދެމެދު ޕަސިންޖަރުންނާއި މުދާ އުފުލާ ފެރީގެ ހިދުމަތް ފެށުމަށް އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް