ads
ޗާ އިން ހާ--
ކޮރިއަން އެކްޓަރު ޗާ އިން ހާ މަރުވެފައި އޮއްވާ ފެނިއްޖެ
ކޮރިއަން އެކްޓަރު ޗާ އިން ހާ މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ކޮރިއަން އެކްޓަރު ޗާ އިން ހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

ބޭރުގެ ހަބަރުތަކުން ބުނާ ގޮތުގައި ޗާ އިންހާ މަރުވެފައި އޮއްވާ ފެނިފައި ވަނީ އޭނާ ދިރިއުޅެމުން އައި ގޭގައެވެ. ނަމަވެސް އޭނާ މަރުވީ ކޮން ސަބަބަކާ ހުރެ ކަމެއް އެނގިފައި ނުވާ ކަމަށް ނޫސްތަކުން ވަނީ މައުލޫމާތު ދީފަ އެވެ.

ޗާ އިން ހޯގެ މަރުގެ ހަބަރާއެކު ފިލްމު އިންޑަސްޓްރީގެ އިތުރުން ސަޕޯޓަރުންނަށް ވެސް ވަނީ ޝޮކެއް ލިބިގެން ގޮސްފަ އެވެ. އެގޮތުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.

މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން ކޮރިއަން އެކްޓަރު ހަރާ ވަނީ މަރުވެފަ އެވެ. އޭގެ އިތުރުން ބަތަލާ ސުލީ ވެސް ވަނީ މަރުވެފައި އޮއްވާ އޭނާ ދިރިއުޅެމުން އައި ގެއިން ފެނިފަ އެވެ.

މި މަރުތަކާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ބަޔަކާ މެދު ޝައްކު ކުރެވޭ ކަމަށް ވެސް ވަނީ ވާހަކަތައް ފެތުރިފަ އެވެ. ނަމަވެސް އެ މަރުތަކާ ގުޅޭ ގޮތުން މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. އަދި ފުލުހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ނޫސްތަކުން ވަނީ ބުނެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް