ads
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް--
ސިޔާސީ ހަރަކާތްތައް ޒިންމާދާރުކަމާއިއެކު ހިންގާ: މަހްލޫފް
މުޒާހަރާ ކުރުން ފަދަ ސިޔާސީ ހަރަކާތްތައް ޒިންމާދާރު ކަމާއެކު ހިންގުމަށް ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް ގޮވާލައްވައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން މިއަދު ބޭއްވި ސައިކަލު ބުރާ ގުޅިގެން މިނިސްޓަރު މަހްލޫފް ވިދާޅުވީ ތަންތަނަށް އެއްވާ ހިތް ވާނަމަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވިގޮތަށް ހައްޖަށް ނުދިޔަޔަސް މުޒާހަރާކޮށް އެއްވެ އުޅެންވީ ކަމަށެވެ. 

މިނިސްޓަރު ވިދާޅުވީ ޑޮކްޓަރުންނާއި ނަރުހުން އަދި ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުން ވަރުބަލިވެ ވެއްޓެންދެން މަސައްކަތް ކުރާތާ ހަތް މަސްވެފައިވާ ކަމަށާއި އެހެންވުމުން ސިޔާސީ ހަރަކާތް ޒިންމާދާރުކަމާއިއެކު ހިންގަން ޖެހޭ ކަމަށެވެ.

މިއަދު ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ގައިދުރުކަން ބަހައްޓާފައި ނުވާކަން ފާހަގަކުރެވޭ ކަމަށާއި މާސްކް ނާޅާއި އުޅުންކަން ވެސް ފާހަގަކުރެވޭކަމަށް ފުލުހުން ބުނެފައިވެ އެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅާނެކަމަށް ވަނީ ބުނެފައެވެ. މީގެ ކުރިންވެސް މިގޮތައް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ މަގުމައްޗަށް އެއްވެ މުޒާހަރާކޮށްފަ އެވެ.

ގިނަ ބަޔަކު އަންނަނީ މިދަނޑިވަޅުގައި އިދިކޮޅުން އެއްވުމެއް ބޭއްވުމުން ފާޑުކިޔުންތައް ވެސް އަމާޒުކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް