ads
ފުނަދޫގައި ގާއިމުކުރި ފެސިލިޓީ--
އެޑްމިޓްކޮށްގެން ފަރުވާދޭ އަދަދު 190 އިން މައްޗަށް އަރައިފި
ކޮވިޑް19 ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދު 192 އަށް އަރައިފި އެވެ.

އިއްޔެ އެ އަދަދު އުޅުނީ 180 ގައި ނަމަވެސް މިއަދު ކޮވިޑް ޖެހުނު މީހުންގެ ތަފާސްހިސާބުތައް އެޗްޕީއޭ އިން ހިއްސާކުރިއިރު އެ އަދަދު މިވަނީ 192 އަށް އަރާފަ އެވެ. 

އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވާއިރު ރާއްޖޭގެ ހޮސްޕިޓަލް ބެޑް ކެޕޭސިޓީއަކީ 266 އެވެ.  

މިދިޔަ ޖުލައި މަހުން ފެށިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ މީހުންގެ އަދަދު އިތުރުވަނުން އަންނައިރު ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި އެ އަދަދު އެހާ ބޮޑަށް އިތުރުވާން ދިމާވީ ކޮވިޑްގެ ޝިކާރައަކަށް ދިވެހިން ވާން ފެށި ހިސާބުންނެވެ.

ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށް މިހާރު އެޗްއީއޯސީން މަަސައްކަތް ފަށާފައިވާއިރު ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ސީނިއާ ޑރ. އަލީ ލަތީފް ވަނީ ރާއްޖޭގެ ބެޑް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރިޔަސް މާގިނަ ބަޔަކަށް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހިއްޖެނަމަ މެނޭޖް ނުކުރެވިދާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން މީހުންނަށް ފަރުވާ ދިނުމަށް ނަރުހުންގެ ދަތިކަން މިހާރު ވެސް އޮތްއިރު އެ ދަތިކަން މާބޮޑަށް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް