ads
ރޮޒައިނާ އާދަމް--
ޕީޕީއެމްއިން ޕެންޑަމިކެއް ތެރޭ އެއްވަނީ ސީދާ ބަލި ފަތުރަން: ރޮޒައިނާ
ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި މީހުން އެއްކޮށްގެން އެޗްޕީއޭގެ ލަފަޔާ ދެކޮޅަށް އިދިކޮޅުން ކުރާ މަސައްކަތަކީ ސީދާ ބަލި ފަތުރަން ހިންގާ އަމަލެއްކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަަމް ވިދާޅުވެއްޖެ އެވެ.

ރޮޒައިނާ ވިދާޅުވީ ޕީޕީއެމް އިން ޕެންޑަމިކެއް ތެރޭ މީހުން އެއްކޮށްގެން ތާކުންތާކު ނުޖެހޭ ދޮގު ވާހަކަ ދައްކާ ސިޔާސީ ބޭނުމަށްޓަކައި ރައްޔިތުންގެ ފުރާނަ އަށް ގެއްލުން ވެދާނެފަދަ ހާލަތަކަށް ރައްޔިތުން ވައްޓާލައި ސިއްހީ މާހިރުންގެ ލަފަޔާ ދެކޮޅަށް ކުރާ މަސައްކަތަކީ ސީދާ ބަލި ފަތުރަންކުރާ މަސައްކަތެއް ކަމަށެވެ. 

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން މިއަދު ބޭއްވި ސައިކަލު ބުރާ ގުޅިގެން ވަރަށް ގިނަ ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ. 

އެޗްޕީއޭގެ ގައިޑްލައިންގައި ވާ ގޮތުން މިހާރު އެންމެ ގިނަވެގެން ވެސް އެއްވެވެނީ ފަސް މީހުންނަށެވެ. ހަލުވިކަމާއެކު މާލޭ ސަރަހައްދުގައި ކޮވިޑް-19 ފެތުރެމުންދާއިރު ބަލި ކޮންޓްރޯލްކުރުމަށް އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކާއި ވެސް ހިލާފަށް އެ ސައިކަލު ބުރު ކުރިއަށް ގެންދިޔައިރު ފުލުހުން ހުރަސް އަޅާފައި ނުވިނަމަވެސް ފުލުހުން ބުނީ މިއަދު ބޭއްވި ސިޔާސީ ހަރަކާތުގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ގައިދުރުކަން ބަހައްޓާފައި ނުވާކަން ފާހަގަކުރެވޭ ކަމަށެވެ. އަދި މާސްކް ނާޅާއި އުޅުންކަން ވެސް ފާހަގަކުރެވޭކަން ފާހަގަކޮށް ފުލުހުން ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު އަޅަންޖެހޭ ފިޔަވަޅުތައް ވެސް އަޅާނެ ކަމަށެވެ. 

ބަލީގެ ހާލަތު ގޯސްވަމުންދާކަން ޑޮކްޓަރުން ކެނޑިނޭޅި ގޮވާލަމުންދަނިކޮށް ގިނަ ބަޔަކު ޑޮކްޓަރުންގެ ލަފަޔާ ދެކޮޅަށް މަގުތަކަށް އެއްވިއިރު މިހާތަނަށް ބައްޔަށް ޕްޒިޓިވްވި މީހުންގެ އަދަދު ވަނީ 7469 އަކަށް އަރާފަ އެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 2568 ގަ އެވެ. އަދި 192 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާއިރު ބަލީގައި 28 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.

މިހާލަތު ގޯސްވެ ހޮސްޕިޓަލްތަކުގެ ބެޑް ކެޕޭސިޓީއަށް ވުރެ ގިނައިން މީހުން ބަލިވެ، ފަރުވާދޭންޖެހޭ މީހާ އިހްތިޔާރު ކުރަންޖެހޭ ހިސާބަށް ނުދަނީސް ރައްޔިތުން މިކަމަށް ސަމާލުވެ އެޗްޕީއޭގެ ގައިޑްލައިންތަކަށް ތަބާވުމަށް އެދެމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް