ads
ސައިފް އޭނާގެ ތިން ދަރިންނާއެކު--
ފޭކް ނަންނަމުގައި ސައިފް ވެސް ސޯޝަލް މީޑިއާގައި އުޅޭ!
ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ސައިފް އަލީ ހާން ސޯޝަލް މީޑިއާގައި ނޫޅޭ ހެންނެވެ. އެކަމަކު ސައިފް ވަނީ އޭނާ ސޯޝަލް މީޑިއާގައި ވާނުވާ ބަލާކަމަށް އެއްބަސްވެފަ އެވެ.

އެކަން ހާމަކުރީ ނޯ ފިލްޓާ ނެހާގައި ވާހަކަ ދައްކަމުންނެވެ. ސައިފް ބުނާ ގޮތުގައި ފޭކް އެކައުންޓެއް ހަދައިގެން އޭނާ ސޯޝަލް މީޑިއާގައި ވާނުވާ ބަލަމުން އަޔަސް އެކަމަކީ ވެސް ވަރަށް ބޮލަށް އުނދަގޫ ކަމެކެވެ. 

ސައިފް ބުނީ އޭނާ އުޅެނީ އިންސްޓަގްރާމުގައި ކަމަށެވެ. އެކަމަކު އެހާ ގިނައިން އެ އަށް ވެސް އޭނާ ނުވަދެ އެވެ. 

ސައިފް ބުނާ ގޮތުގައި ސޯޝަލް މީޑިއާގައި އުޅުމުން ނެގެޓިވް ކަންކަމާ މާބޮޑަށް ވިސްނެ އެވެ. 

ރަސްމީ އެކައުންޓެއް ނެތްނަމަވެސް މީހުން އުޅޭ ގޮތް ބެލުމަށް އިންސްޓަގްރާމު ބޭނުންކުރަމުން އަންނައިރު އަނބިމީހާ ކަރީނާއަކީ މިސް އިންސްޓަގްރާމު ކަމަށް އޭނާ ބުނެ އެވެ. 

ސައިފް ފޭކް އެކައުންޓްތައް ބޭނުންކުރަމުން އަންނަ އިރު، ސައިފުގެ އަންހެނުން ކަރީނާ ވެސް އިންސްޓަގްރާމަށް ރަސްމީކޮށް ވަންނަން ފެށީ ވަރަށް ފަހުންނެވެ. މިހާރު އޭނާއަކީ ސޯޝަލް މީޑިއާގައި އެންމެ އެކްޓިވް އެއް ތަރިއެވެ.

ކާމިޔާބު ގިނަ ފިލްމުތަތަކުން ފެނިގެންގޮސްފައިވާ ސައިފް ފެނިގެންދާނެ ތިން ފިލްމެއް މިއަހަރު އެބަ އޮތެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް