ads
ފިތުރޯނު ގަހެއްގެ ސަބަބުން މަގަކަށް ގެއްލުންވެފައި-- ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ބައެއް ފިތުރޯނު ގަސްތައް ނަގަނީ
ހުޅުމާލޭގެ މަގުތަކުގެ ދެ ފަރާތުގައި ހުރި ބައެއް ފިތުރޯނުގަސްތައް ނަގަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ އެ ގަސްތަކުގެ ސަބަބުން މަގުތަކަށް ގެއްލުން ވަމުންދާ ކަމަށެވެ. އަދި ފަތްތަކުގެ ސަބަބުން މަގުގެ ޑްރެއިނޭޖް ސިސްޓަމް ބެދި، މަގުތައް ބަލަހައްޓަން އުނދަގޫވާ ކަމަށެވެ. 

އެޗްޑީސީން ބުނީ ނަގާ ގަސްތައް އެހެން ސަރަހައްދެއްގައި އިންދަން ނުވަތަ އޭގެން އެހެން ބޭނުމެއް ކުރާނެ ކަމަށެވެ. އަދި އެހެން ބައެއް ގަސްތަކުގެ މަރުވެފައިވާ ހުރި ކުރިތައް ބުރި ކުރާނެ ކަމަށެވެ. 

އޭގެ އިތުރުން ގަސްތައް ނަގާ ސަރަހައްދުގައި ހިޔާ ލިބޭނެ ފަދަ އެހެން ގަސްތަކެއް ޖަހާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް