ads
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް-- ފޮޓޯ: ކުޅުދުއްފުށި އޮންލައިން
ކުޅުދުއްފުށި ވެސް މޮނިޓަރިންގެ ހާލަތަށް
ކޮވިޑް-19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށި ކައުންސިލަށް ފޮނުވި އެންގުމުގައި ބުނެފައި ވަނީ އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން އެ ރަށް މޮނިޓަރިންގައި އޮންނާނެ ކަމަށެވެ. 

އެޗްޕީއޭއިން އަޅާ ފިޔަވަޅެއްގެ ގޮތުން އެ ރަށުގައި މި ވަގުތު ތިބި މީހުންގެ ތެރެއިން އެއްވެސް މީހަކު އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުން ވަނީ މަނާކޮށްފަ އެވެ. 

އޭގެ އިތުރުން އެޗްޕީއޭގެ ހުއްދަ ނެތި އެއްވެސް މީހަކު ތިނަދޫއަށް އެރުން ވެސް މަނާ ވާނެ ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވާފައިވާ އެންގުމުގައި ވެއެވެ. 

އެކަމާ ގުޅިގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުން ވަނީ ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ ބޭރަށް ނުނިކުތުމަށާއި، ބޭރަށް ނިކުމެ އުޅޭ އިރުވެސް މާސްކް އަޅާ، ގައިދުރުކަން ބެހެއްޓުމަށް އިލްތިމާސްކޮށްފަ އެވެ.

މިއަދު ވަނީ ގދ. ތިނަދޫ ވެސް މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ސީއެންއެމަށް އެނގިފައިވާ ގޮތުގައި އެ ރަށް މޮނިޓަރިންއަށް ލާފައި ވަނީ 68 އަހަރުގެ މީހަކު ޕޮޒިޓިވްވުމުންނެވެ. 

ރާއްޖޭގައި މިހާތަނަށް 7329 މީހުންނަށް މި ބަލި ޖެހިފައި ވާއިރު، އޭގެ ތެރެއިން 28 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް