ads
ޗެލްސީގެ އަންހެން ޓީމް ކޮމިއުނިޓީ ޝީލްޑާއެކު
އަންހެން ކޮމިއުނިޓީ ޝީލްޑް ޗެލްސީއަށް
އިނިގރޭސި ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ކޮމިއުނިޓީ ޝީލްޑްގެ އަންހެން ޑިވިޝަން ޗެލްސީން ކާމިޔާބުކޮށްފި އެވެ.

އިނގިރޭސި އަންހެން ކޮމިއުނިޓީ ޝީލްޑް މެޗު ޗެލްސީން ކާމިޔާބު ކުރީ މެންޗެސްޓާ ސިޓީއާ ވާދަކޮށް ހޮނިހިރު ދުވަހު މޮޅުވެގެންނެވެ. މި މެޗު ޗެލްސީގެ އަންހެން ޓީމުން ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ. 

މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅުނީވެސް ޗެލްސީންނެވެ. ޗެލްސީންވަނީ އަށާރަ ޝޮޓު ހަދާފައެވެ. އޭގެ ތެރެއިން ފަސް ޝޮޓެއް ގޯލަށް އަމާޒުވެފައިވާއިރު، ސިޓީއަށް ހެދުނީ އެންމެ އަށް ޝޮޓެވެ.

ކޮމިއުނިޓީ ޝީލްޑުން ހޮނިހިރު ދުވަހު އަންހެން ފުޓްބޯޅަ ސީޒަންވެސް ފެށިފައިވާއިރު، އެފްއޭ ވިމެންސް ސުޕަ ލީގު ފެށޭނީ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހުއެވެ. އަދި އެ ދުވަހު އެފްއޭ ވިމަންސް ޗެމްޕިއަންޝިޕްވެސް ފެށޭނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް