ads
ފޮޓޯ: ސީއެންއެމް
ރައީސް ވަހީދަށް ފުލުހަށް ހާޒިރުވުމަށް އަންގައިފި
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.

ޑރ. ވަހީދަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިދިޔަ ހުކުރުދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި އަދި މާލޭސިޓީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެންނެވެ. މިގޮތުން މާލެސިޓީގައި ކުރިއަށްގެންދިޔަ ސައިކަލު ބުރުގައި ގިނައަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ. 

އިދިކޮޅު ޕީއެންސީގެ ތަރުޖަމާނު، ހީނާ ވަހީދު ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޑރ. ވަހީދަށް ފުލުހުން ހާޒިރުވުމަށް މިއަދު އަންގާފައިވާކަމަށެވެ. ފުލުހުން ޑރ. ވަހީދަށް އަންގާފައިވަނީ އެމަނިކުފާނަށް ފަސޭހަފުޅު ވަގުތެއްގައި ފުލުހަށް ހާޒިރު ވުމަށެވެ. އެގޮތުން މިއަދު ހަވީރު 04:00 އަށް ފުލުހަށް ހާޒިރުވުމަށް ނިންމާފައިވާކަމަށް ވެސް ވިދާޅުވި އެވެ. 

ހުކުރު ދުވަހުގެ އިހުތިޖާޖާއިގުޅިގެން އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އަށްވެސް ވަނީ ފުލުހަށް ހާޒިރު ވުމަށް އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް