ads
ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
އަފްޣާނިސްތާނުގައި ފެންބޮޑުވެ ގިނަބަޔަކު މަރުވުމާއި ގުޅިގެން ތައުޒިޔާ ފޮނުވައިފި
އަފްޣާނިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކެއްގައި ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަފްޣާނިސްތާނުގެ އެކްޓިން ފޮރިން މިނިސްޓަރަށް ތައުޒިޔާގެ މެސެޖެއް ފޮނުވައިފި އެވެ.

އަފްޣާނިސްތާނުގެ ޕަރްވާން ޕްރޮވިންސްއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ހާދިސާތަކެއް ހިނގައި، ގިނަބަޔަކު ވަނީ މަރުވެފައެވެ. 

މި ހާދިސާއާއި ގުޅިގެން މިނިސްޓަރު ޝާހިދު ފޮނުވި ތައުޒިޔާގެ މެސެޖުގައި ވަނީ ޕަރްވާން ޕްރޮވިންސްގައި ހިނގި ފެންބޮޑުވުމުގެ ޙާދިސާތަކުގައި ގިނަ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލުނު ހަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށް ވިދާޅުވެފައެވެ. 

މީގެ އިތުރުން މިއީ ކޮވިޑް19ގެ މިދަނޑިވަޅުގައި އަފްޣާނިސްތާނަށް ކުރިމަތިވި އިތުރު ހިތާމައެއް ކަމަށާއި، މި ހިތާމައިގައި ދިވެހި ސަރުކާރާއި ރައްޔިތުން ބައިވެރިވެ، އަފްޣާނިސްތާން ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ދަންނަވާކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވެފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. 

އަފްޣާނިސްތާނުގައި ހިނގި ފެންބޮޑުވުމުގެ ހާދިސާތަކުގައި 160 ހެއްހާ މީހުން މަރުވެފައިވާކަމަށް ރިޕޯޓްކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް