ads
ސުޝާންތު ސިންގް ރާޖުޕުތު--
ހާޑް ޑްރައިވްގެ ހުރި ވީޑިއޯ ޑިލީޓު ކުރީ ސުޝާންތު އެދިގެން: ސިދާތު
ސުޝާންތު ސިންގް ރާޖްޕުތުގެ މެނޭޖަރު ދިޝާ ސާލިއަން މަރުވުމާއެކު، އޭނާގެ ހާޑް ޑްރައިވްގައި ހުރި ކުރީގެ ވީޑިއޯތައް ޑިލީޓުކޮށްދޭން ސުޝާންތު އެދުނު ކަމަށް އޭނާގެ އެކުވެރި ސިދާތު ޕިތާނީ ބުނެފި އެވެ.

ސުޝާންތް އާއެކު އެއް ގެޔެއްގައި ދިރިއުޅުނު ސިދާތް އެހެން ބުނީ އެންފޯސްމަންޓް ޑައިރެކްޓަރޭޓުގެ ތަހުގީގަށް ދިން ބަޔާނުގަ އެވެ. 

ޖޫން 14 ގައި ސުޝާންތު އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނުއިރު، ދިޝާ މަރުވެފައި ވަނީ އޭގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. 

އެ ބަޔާނުގައި ސިދާތު ބުނެފައި ވަނީ ދިޝާގެ މަރާ އޭނާއާ ގުޅުވައިގެން ތުހުމަތު ކުރާތީ ސުޝާންތު ހިތްހަމަނުޖެހުނު ކަމަށެވެ. 

ހާޑް ޑިސްކުގަައި ހުރި ވީޑިއޯ ޑިލިީޓުކޮށްދޭން ސުޝާންތު އެދުނީ އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓީ އެ ގެއިން ދިޔަތާ ދެ ދުވަސް ފަހު ޖޫން 10 ގައި ކަމަށް ސިދާތު ބުނެފައި ވެއެވެ. 

ސުޝާންތު އެދުނު ގޮތުގައި ހާޑް ޑިސްކުގައި ހުރި ވީޑިއޯތައް ޑިލީޓުކުރި ކަމަށް އޭނާ ބުންޏެވެ. ސިދާތު އިތުރަށް ބުނެފައި ވަނީ ރިއާ އެ ގެއިން ދިޔަ ފަހުން ސުޝާންތުގެ ސިއްހީ ހާލަތު ގޯސްވި ކަމަށެވެ. 

އެހެންކަމުން ސުޝާންތުގެ ދައްތަ މީތޫ ވަނީ ޖޫން 8 އިން 12 އަށް އެ ގޭގައި މަޑުކޮށްފަ އެވެ. އެކަމަކު އޭނާވެސް އާއިލާއާއެކު ހުންނަން ޖެހުމުން އެ ގެ ދޫކޮށް ދިޔައީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް