ads
ބީއެމްއެލް-- ފޮޓޯ: މައިނިއުސްޑެސްކް
ބީއެމްއެލް ލޯނުތައް އަނބުރާ ދެއްކުން ނޮވެމްބަރުގެ ނިޔަލަށް ފަސްކޮށްފި
ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ލޯނުތަކާއި ފައިނޭންސް ސްކީމްތަކަށް ފައިސާ ދައްކަން ދީފައިވާ މުއްދަތު ނޮވެމްބަަރު މަހުގެ ނިޔަލަށް ދިގުދަންމާލައިފި އެވެ.

ބީއެމްއެލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލޯނުތަކާއި ފައިނޭންސް ސްކީމްތަކަށް ފައިސާ ދެއްކުން ފަސްކުރުމަށް އެދި މި އަހަރުގެ ނިޔަލަށް ހުށަހެޅޭނެ އެވެ. 

މިދިޔަ މާޗް މަހު ވެސް ބީއެމްއެލުން ވަނީ ފައިސާ އަނބުރާ ދެއްކުން ފަސް ކުރުމުގެ ފުރުސަތަށް އެދުމަށް ހުޅުވާލާފަ އެވެ. އެ ފަހަރު ޕާސަނަލް، ހައުސިން އަދި ފިޔަފާރި ލޯނާއި ފައިނޭންސް ހިމެނޭ ގޮތަށް 17،700 ލޯނު ދެއްކުން ހަ މަހަށް ފަސް ކުރުމަށް އެދި ހުށަހަޅާފައި ވެއެވެ. 

ބީއެމްއެލުން ބުނީ އެ މުއްދަތު އިތުރު ކުރުމަށް ނިންމީ ޝަރުތު ހަމަވާ އިތުރު ކަސްޓަމަރުންނަށް ފުރުސަތު ދިނުމަށެވެ. 

މާޗް މަހު ފަސްކޮށްދިން ލޯނުތައް ދެއްކުމަށް މުއްދަތު ހަމަވަނީ މި މަހު އެވެ. އެކަމަކު މިހާރު ނިންމާފައިވާ ގޮތުން އެ މުއްދަތު ވަނީ ނޮވެމްބަރާ ހަމައަށް އިތުރުކޮށްދީފަ އެވެ. ފަހުން ހުޅުވާލި މޮރިޓޯރިއަމް އަށް އެދި ހުށަހެޅޭނީ ކުރިން ވެސް ލޯނުތައް ފަސްކުރަން އެދުނު ފަރާތްތަކަށް ކަމަށް ބީއެމްއެލުން ބުނެ އެވެ. 

އެ މޮރިޓޯރިއަމް އަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވާލާނެ ކަމަށް ބޭންކުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް