ads
ފޮޓޯ: ޕީޕީއެމް
އަބްދުއްރަހީމު ފުލުހަށް ހާޒިރުވުމަށް އަންގައިފި
އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފުލުހަށް ހާޒިރުވުމަށް އަންގައިފި އެވެ.

އަބްދުއްރަހީމަށް ފުލުހަށް ހާޒިރުވުމަށް އަންގާފައިވަނީ މިދިޔަ ހުކުރުދުވަހު ރާއްޖޭގެ އެކި ރަށްރަށުގައި އަދި މާލޭސިޓީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖާއި ގުޅިގެންނެވެ. މިގޮތުން މާލެސިޓީގައި ކުރިއަށްގެންދިޔަ ސައިކަލު ބުރުގައި ގިނައަދަދެއްގެ ބަޔަކު ބައިވެރިވެފައިވެއެވެ.  

އަބްދުއްރަހީމަށް އަންގާފައިވަނީ މާދަމާ ހެނދުނު 10:00 އަށް ފުލުހަށް ހާޒިރުވުމަށެވެ. 

މީގެ އިތުރުންވެސް ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު އަށްވެސް ވަނީ ފުލުހަށް ހާޒިރު ވުމަށް އަންގާފަ އެވެ. އަދި ކުރީގެ ރައީސް ޑރ. ވަހީދަށްވެސް ވަނީ މިއަދު ފުލުހަށް ހާޒިރުވުމަށް އަންގާފަ އެވެ. 

އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ގައިދުރުކަމެއްނެތި މާލޭގައި ކުރިއަށްގެންދިޔަ އިހުތިޖާޖާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ އިދިކޮޅަށް ފާޑުކިޔަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް