ads
މެސީ ---
ބާސެލޯނާގެ ފަރިތަކުރުންތަކުން މެސީ ދެން ނުފެންނާނެ
އާޖެންޓީނާ އަދި ބާސެލޯނާގެ ތަރި ލިޔޮނަލް މެސީ ބާސެލޯނާގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ބޭނުން ނުވާ ކަމަށް ބުނެ، އެކަން އެ ޓީމަށް އަންގައިފިއެވެ.

މިކަން ރިޕޯޓް ކޮށް ފޯބްސް އިން ބުނެފައިވަނީ ބާސާގެ ފަރިތަކުރުންތަކުން މެސީ ވަކިވެފައި މިވަނީ ކުލަބް އިން ވީއްލުމަށް ބޭނުންވާތީކަމަށެވެ.

އާދިއްތަ ދުވަހު ޕްރީ ސީސަން މެޑިކަލް ޓެސްޓް ތައް ހެދުމަށްފަހު ހޯމަ ދުވަހު ބާސާގެ އާ ކޯޗް ރޮނާލްޑް ކޫމަންއާއި އެކު ކުލަބްގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފާއިރު، ކުލަބް ދޫކޮށްދާން ބޭނުންވެފައިވާ މެސީ، މެޑިކަލް ޓެސްޓްވެސް ނުހަދާނެ ކަމަށް ރިޕޯޓްތަށް ބުނެއެވެ. މެޑިކަލް ޓެސްޓް ނުހަދާކަމުގައި ވާނަމަ ފަރިތަކުރުންތަކުގައި ބައިވެރިއެއް ނުވެވޭނެއެވެ.

އަންނަ މަހު 12 ގައި ލަލީގާ ފަށާއިރު އޭގެ ކުރިން މެސީ ކުލަބްގެ ފަރިތަކުރުންތަކުގައި ބައިވެރިނުވާނަމަ ޓީމުން ވަކި ކުރަން ކުލަބް އަށް މަޖުބޫރުވާނެއެވެ.

އުމުރުން 33 އަހަރުގެ މެސީ ބާސެލޯނާއަށް ގުޅިފައިވަނީ 2004 ވަނަ އަހަރުގައެވެ. 20 އަހަރު އެ ކުލަބާ އެކީ ހޭދަކުރުމަށްފަހު ކުލަބުން ވަކިވާން ބޭނުންވާކަމަށް މިދިޔަ އަންގާރަ ދުވަހު މެސީވަނީ ހާމަކޮށްފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް