ads
ރައީސް ވަހީދު-- ފޮޓޯ: އަވަސް
މާސްކް ނެގީ ކުޑަ ވަގުތުކޮޅަކަށް ވާހަކަ ދައްކާލަން: ރައީސް ވަހީދު
"ރާއްޖެ ވިއްކާލުމާއި ދެކޮޅަށް" ގެ ނަމުގައި އިދިކޮޅުން ބޭއްވި ސައިކަލު ބުރު ނިންމާލާއި، ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަފުޅު ދައްކަވާލެއްމަށް މާސްކް ނެންގެވީ ކުޑަ ވަގުތުކޮޅަކަށް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކާއި ހިލާފަށް މާލޭގައި ހަރަކާތް ބޭއްވި މައްސަލައާ ގުޅިގެން މިއަދު ރައީސް ވަހީދު ފުލުހަށް ހާޒިރުކޮށްފައިވާއިރު އެ ސަރަހައްދުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ރައީސް ވަހީދު ވަނީ އެމަނިކުފާނު، މި ރާއްޖޭގައި އެންމެ ފުރަތަމަ މާސްކް އެޅުއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ. 

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އާއި އެޗްޕީއޭގެ ފަރާތުން ވެސް މާސްކް އެޅުން މުހިއްމު ނޫންކަމަށް ބުނަމުން އައި ދަނޑިވަޅުގައި އެމަނިކުފާނު ގެންދެވީ މާސްކް އަޅުއްވަމުން ކަމަށް ވިދާޅުވި އެވެ. 

"އަޅުގަނޑުގެ ފޭސްބުކް ޕްރޮފައިލް ތިބޭފުޅުން ބައްލަވައިފިއްޔާ އެނގިވަޑައިގަންނަވާނެ އަޅުގަނޑު މާސްކް އަޅަން ފެށީ އޭޕްރީލް މަހުގެ ތިން ވަނަ ދުވަހު، އޭރުގަ އެޗްޕީއޭ އިން އަދި ޑަބްލިއުއެޗްއޯ އިން ވެސް ބުނަމުން ގެންދިޔައީ އަދި މާސްކް އެޅުމަކީ އެހާ މުހިއްމު ކަމެއް ނޫނޭ. އެކަމަކު އަޅުގަނޑު މާސްކް އަޅަމުން ގެންދިޔައީ،"

ރައީސް ވަހީދު ވިދާޅުވި ގޮތުގައި ސައިކަލު ބުރު އޮތް ދުވަހު، ވެސް އެމަނިކުފާނު އުޅުއްވީ މާސްކް އަޅުއްވައިގެންނެވެ. އަދި ވާހަކަފުޅު ފަސޭހަކަމާއެކު ދެއްކެވުމުގެ ގޮތުން މާސްކް ނަގާއި ވާހަކަފުޅު ދެއްކެވިއިރު ތިން ފޫޓު ގާތުގައި އެއްވެސް މީހަކު ނެތެވެ. އަދި އެމަނިކުފާނު ހުންނެވީ ވެސް އިމާރާތުގެ ތެރޭގަ އެވެ. 

"ދެން އެ ވިދާޅުވާ ދުވަހަކު ވެސް އަޅުގަނޑު ހުރީ މާސްކް އަޅައިގެން. އަޅުގަނޑު އެތަނުގަ ވާހަކަ ދެއްކި ވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑު ހުރީ އިމާރާތުން އެތެރޭގަ. އިމާރާތުގެ އިމުގެ ތެރޭގަ. އަޅުގަނޑުގެ ގާތުގައި ތިން ފޫޓު ކައިރީގައި މީހަކު ނެތް. ދެން އެވަގުތު އަޅުގަނޑު ވާހަކަ ދައްކަން ފަސޭހައަކަށް އަޅުގަނޑު މާސްކް ތިރިކޮށްލީ.އެހެންކަމުން އެކަމާއި އަޅުގަނޑާ ސުވާލުކުރައްވާ ކުރެވުމަކީ އަޅުގަނޑު ދަންނަވާނީ ސިޔާސީ ކަމެކޭ،"

އޭގެ އިތުރުން ރައީސް ވަހީދު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ފޮތެއް ނެރުއްވިއިރު މާސްކް ނާޅާއި އުޅުއްވި ކަމާއި އިނގިރޭސިވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނަންގަވާފައިވާ ފޮޓޯތަކުން ވެސް މާސްކް ނާޅާއި މަންޒަރު ފެނިވަޑައިގަތް ކަމަށް ވިދާޅުވި އެވެ. އެކަމަކު، ނަޝީދު ފުލުހަށް ހާޒިރު ނުކުރައްވާ، އެމަނިކުފާނު ހާޒިރު ކުރެއްވުމުން އެކަމުގެ ޝަކުވާ ކުރެއްވި އެވެ. އަދި ރައީސް ވަހީދު ވިދާޅުވީ ފުލުހަށް ހާޒިރުކުރީ ސަރުކާރާއި އިދިކޮޅުގައި މިވަގުތު ހުންނެވުމުން ކަމަށެވެ. 

ހުކުރު ދުވަހު ބޭއްވި ހަރަކާތުގައި މާސްކް ނާޅުއްވާ ރައީސް ވަހީދު، ވާހަކަފުޅު ދެއްކެވެމުން ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް