ads
އެސްޓީއޯ-- ފޮޓޯ: ޕީއެސްއެމް ނިއުސް
އެސްޓިއޯ ހޮޓާ ގަންނަން އުޅުނު ކުންފުނިން ނުގަންނަން ނިންމައިފި
އެސްޓިއޯއިން ހުޅުމާލޭގައި އިމާރާތްކުރާ ހޮޓާ ގަންނަން އުޅުނު ކުންފުނިން ކޮވިޑް19 އާއި ގުޅިގެން އެކަން ހުއްޓާލާފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެކަން އިއުލާން ކޮށްފައިވަނީ މިއަދު ބޭއްވި އެސްޓިއޯގެ އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އެވެ.

އަހަރީ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ ހޮޓާ ވިއްކާލުމުގެ މަޝްވަރާތައް ބަޔަކާއި އެކު ކުރެވުނު ކަމަށާ އެހެންނަމަވެސް ކޮވިޑް19ގެ ސަބަބުން އެކަން ހުއްޓާލާފައިވާ ކަމަށެވެ.

އަމްރު ވިދާޅުވީ މީގެ ކުރިން އެހޮތާ ތަރައްގީ ކުރުމަށް އެކި ކުންފުނިތަކާއި ހަވާލުކުރިނަމަވެސް އެ އެގްރިމަންޓުތައް ބާތިލްކޮށްފައިވާ ކަމަށެވެ.

އެސްޓީއޯއިން ހުޅުމާލޭގައި ހަދާ ހޮޓަލުގެ މަސައްކަތް ނިންމަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއިއެކު ޖުލައި މަހުގެ 22 ވަނަ ދުވަހު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެސްޓިއޯއަށް ދިމާވަމުން އަންނަ މާލީ ދަތިކަން ހައްލުކުރުމަށްޓަކާ އެސްޓިއޯއިން ފަތުރުވެރިކަމުގެ ވިޔަފާރިއަށް ނިކުތުމަށް ނިންމާ އެމެރިކާގެ ކާލްސަން ގްރޫޕާއެކު "ރެޑިސަން ބްލޫ" ގެ ނަމުގައި ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ 2011 ވަނަ އަހަރުއެވެ.

އެމަސައްކަތް ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވެފައިވާއިރު 2018 ވަނަ އަހަރު އެތަން ވިއްކާލަންވެސް އެސްޓިއޯއިން ނިންމާފައިވެއެވެ. އެސްޓިއޯގެ ހޮޓާ ގަންނަން ފަސް ކުންފުންޏަކުން ޝައުގުވެރިކަންވެސް ފާޅުކޮށްފައިވެއެވެ.

ހޮޓަލުގެ ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފައެވެ. އަދި ހޮޓަލުގެ މަސައްކަތް އެއްކޮށް ނިންމުމަށް މިހާރު  އެޗްޑީސީއާއި އެކު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެޗްޑީސީއާއި އެކު މިއަދު ވެވުނު އެއްބަސްވުމުގެ ތަފްސީލެއް އެސްޓިއޯއިންވެސް އަދި އެޗްޑީސީ އިން ވެސް ހާމައެއް ނުކުރެއެވެ.

އެސްޓިއޯއިން އެޗްޑީސީއާއި އެކު ކުރިން ވެފައިވާ އެއްބަސްވުމުގައި އެޗްޑީސީއަށް އަހަރަކު އެނދަކަށް 15،000 ޑޮލަރު ދައްކަން ޖެހެއެވެ. އަދި އެއަދަދަކީ މާ ބޮޑު އަދަދެއް ކަމަށް ވިދާޅުވެ އެސްޓިއޯގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ އެއަދަދަކީ ދެއްކޭނެ އަދަދެއް ނޫން ކަމަށެވެ. އެހެންވީމާ އެއަދަދު މިހާރު ކުޑަކޮށް މިހާރު ދައްކަން ޖެހެނީ އެންދަކަށް 2400 ޑޮލަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް