ads
ޑރ. ޖަމީލް--
ކޮވިޑް ކޮންޓްރޯލް ނުވީ އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިނާ ހިލާފްވުމުން: ޖަމީލް
ކޮވިޑް-19 ކޮންޓްރޯލް ނުވީ އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިނާއި ހިލާފްވުމުން ކަމަށް ކުރީގެ ނައިބް ރައީސް މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް އެހެން ވިދާޅުވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދުވަސްވަރު އެއްވުންތައް ނުބޭއްވުމަށް އަންގާފައިވަނިކޮށް، އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ގިނަ އަދަދެއްގެ ބަޔަކު ބައިވެރިކޮށް މާލޭގައާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެއްވުންތައް ބާއްވަމުންދާތީ އެކަމާއި ގުޅިގެން ފާޑުކިޔުން އަމާޒުވެ މިފަދަ ހާލަތެއްގައި އެއްވުންތައް ބާއްވަނީ ސީދާ ޕީޕީއެމްއި ން ކޮވިޑް ފަތުރަންކަމަށް ބައެއް ސިޔާސީ ފަރާތްތަކުންނާއި އާއްމުން ބުނަމުންދާ ދަޑިވަޅެއްގަ އެވެ. 

ޖަމީލް ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ނުވީ އެމްޑީޕީން ތަކުރާރުކޮށް އެޗްޕީއޭގެ ގައިޑްލައިނާ ހިލާފްވުމުން ކަމަށެވެ. އަދި ޕީޕީއެމް އާއި ޕީއެންސީ ގޯސްވީ ސަރުކާރަށް ރައްޔިތުންގެ ނުރުހުން އޮތްވަރު ހާމަވުމުންކަމަށް ޖަމީލް ވިދާޅުވި އެވެ.

ރާއްޖޭގެ ރައްތަކުގައި ވެސް އެއްވުންތައް ބާއްވަމުން ދާއިރު އެ އެއްވުންތަކުގައި ގިނަ އަދަދެއްގެ މީހުން އަންނަނީ ބައިވެރިވަމުންނެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތު ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެއްވުންތައް ބޭއްވުން ރައްކާތެރި ނޫންކަމަށާއި، ފަސް މީހުންނަށް ވުރެ ގިނައިން ތަންތަނަށް ޒަރޫރީ ބޭނުމެއްގައި ނޫންގޮތަކަށް އެއްވެ ނޫޅުމަށް އެޗްޕީއޭއިން ދަނީ އިލްތިމާސްކުރަމުންނެވެ. 

އެންމެ ފަހުން ޕީޕީއެމްއިން ބޭއްވި ސައިކަލް ބުރަކީ ގައިޑްލައިންތަކާއި ހިލާފަށް ބާއްވާފައިވާ އެއްވުމެއް ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އެގޮތުން އެއްވުމުގައި ގައިދުރުކަމެއް ނެތުމާއި މާސްކު ނާޅާ އުޅުންކަން ވެސް ފާހަގަކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެކަން ބަލާއި ފިޔަވަޅުވެސް އަޅާނެކަމަށް ފުލުހުން ބުނެފައިވާއިރު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ވަނީ ގައިޑްލައިންތަކާއި ހިލާފްވާ ފަރާތްތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ވިދާޅުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް