ads
މީރާއިން ފޯރުކޮށްދޭ ހުރިހާ ހިދުމަތެއް މިހާރު “ވާރު ޕޭ” މެދުވެރިކޮށް ލިބޭނެ--
މިއަހަރުގެ ފުރަތަމަ އިންޓަރިމް ބަޔާން ހުށަހަޅާ، ޕޭމެންޓް ދެއްކުމުގެ މުއްދަތު މިއަދު ހަމަވާނެ: މީރާ
މިއަހަރުގެ ފުރަތަމަ އިންޓަރިން ބަޔާން ހުށަހަޅައި ފުރަތަމަ ޕޭމެންޓް ދެއްކުމުގެ ސުންގަނޑި މިއަދު ހަމަވާނެ ކަމަށް މޯލްޑިވްސް މަނިޓަރީ އަތޯރަޓީ (މީރާ) އިން ބުނެފި އެވެ.

މީރާ އިން ބުނީ އެމުއްދަތު މިއަދު ހަމަވާނެ ކަމަށާއި 2019 ވަނަ އަހަރުގެ އެނުއަލައިޒް ބީޕީޓީގެ ގޮތުގައި 20،000 ރުފިޔާއަށް ވުރެ ބޮޑު އެއްޗެއް އަންނަ ފަރާތްތަކުން އިންޓަރިމް ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށެވެ.

އެގޮތުން 2020 ވަނަ އަހަރަކީ އެފަރާތެއްގެ ފުރަތަމަ ޓެކްސް އަހަރު ކަމުގައިވާ ފަރާތްތަކުން އިންކަމް ޓެކުހުގެ ގޮތުގައި 2020 ވަނަ އަހަރަށް ދައްކަންް ޖެހޭ އަދަދު 20000 ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް އަންދާޒާ ކުރެވޭނަމަ 2020 ވަނަ އަހަރުގެ އިންޓަރިމް ބަޔާންތައް ހުށަހަޅައި އިންޓަރިމް ޕޭމެންޓް ދައްކަން ޖެހޭނެ ކަމަށް މީރާއިން ބުނެއެވެ.

ނަމަވެސް އެ ފަރާތްތަކަށް އެ ޓެކްސް އަހަރުން ލިބޭ ޖުމުލަ އާމްދަނީއަކީ ހަމައެކަނި އެންމެ ވަޒީފާއަކުން ލިބޭ އާމްދަނީއަކަށް ވާނަމަ އެފަރާތުން އިންޓަރިމް ޕޭމެންޓް ދައްކަން ނުޖެހޭނެ ކަމަށް މީރާއިން ބުނެއެވެ.

މީރާ އިން ބުނީ އިންޓަރިމް ބަޔާން ހުށަހަޅަން ޖެހޭ ފަރާތްތަކުގެ ތެރެއިން އަހަރެއްގެ މަށްޗަށް ޖުމްލަ އާމްދަނީގެ ގޮތުގައި 10 މިލިއަން ނުވަތަ އެއަށްވުރެ އިތުރަށް ލިބޭ ފަރާތްތަކުން ބަޔާން ހުށަހަޅަން ޖެހޭނީ މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.

މީގެ އިތުރުން އަހަރެއްގެ މަށްޗަށް ޖުމުލަ އާމްދަނީ 30 މިލިއަން ނުވަތަ އެއަށްވުރެ މަތިން ލިބޭ ފަރާތްތަކުން އިންޓަރިމް ޕޭމެންޓް ދައްކަން ޖެހޭނީ މީރާ ކަނެކްޓް ނުވަތަ އެމްއާރްޓީޖީއެސް މެދުވެރިކޮށް ކަމަށް މީރާއިން ބުނެއެވެ.

މިކަމާއި ގުޅޭ އިތުރު މައުލޫމާތު މީރާ ވެބްސައިޓްގައިވާ އާމްދަނީން ނަގާ ޓެކުހުގެ 2020 ވަނަ އަހަރުގެ އިންޓަރިމް ބަޔާން ފުރާނެގޮތުގެ ގައިޑުން ލިބޭނެ ކަމަށް މީރާއިން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް