ads
ގޯނި ގޯނިން މަގުމައްޗަށް ޖަމާކޮށްފައިވާ ކުނިތަކެއްގެ މަންޒަރު ފެންނަ ފޮޓޯ-- ފޮޓޯ: ޓްވިޓާ
މަގުމައްޗަށް އުކާލާ ކޮންމެ ކުންޏަކީ ހަމަ ރައްޔިތުންގެ ފައިސާ: ޝިފާ
މަގުތައް މަށްޗަށް ގަސްތުގައި އާއްމުން އުކާލާ ކޮންމެ ކުންޏަކީ ހަމަ ރައްޔިތުންގެ ޖީބުން ހަރަދުވާ ފައިސާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކި ގޮތްގޮތުން އެދިއެދިވެސް ހައްލެއް ހޯދާ ނުދެވޭތީ ކަމަށް ބުނެ ގޯނި ގޯނިން މަގުމަށްޗަށް ޖަމާކޮށްފައިވާ ކުނިތަކެއްގެ މަންޒަރު ފެންނަ ފޮޓޯއެއް ހިއްސާ ކުރައްވާ އާއްމު ރައްޔިތަކު ޝިފާ އަށް ޓެގު ކޮށްފައިވާ ޓްވީޓަކަށް ޖަވާބުދެއްވަމުން ޝިފާ ވިދާޅުވީ މަގަށް އާއްމު ފަރާތުން ކުނި ގަސްތުގައި އުކާ ކޮންމެ ފަހަރަކު ހަރުދުވަނީ ރައްޔިތުންގެ ފައިސާ ކަމަށެވެ.

ޝިފާ ވިދާޅުވީ ކޮންމެ ފަހަރަކުވެސް ބިލް ކުރާނެ ކަމަށާއި ވީމާ ގެއްލިގެންދަނީ ހަމަ ރައްޔިތުންގެ ޖީބުން ކަމަށެވެ. އަދި ކުންޏަކީ މީހުން އުފައްދާ އެއްޗެއް ކަން ފާހަގަކުރައްވާ ޝިފާ ވިދާޅުވީ ގެންގޮސް އުކާލެވޭނެ ނިޒާމް ވަނީ ގާއިމް ކޮށްދެވިފައި ކަމަށެވެ.

ޝިފާ އިތުރަށް ވިދާޅުވީ އެގޮތަށް އާއްމު ރައްޔިތުން އުކާ ކުނި ނެގުމަކީ ހައްލެއްވެސް ނޫން ކަމަށެވެ. 

ޝިފާއަށް ޓެގުކޮށް އާއްމު ރައްޔިތަކު ކޮށްފައިވާ މި ޓްވީޓުން ފެންނަނީ ކުރިން ރީތިކޮށް އޮތް މަގުގެ ފޮޓޯ އަކާއި ކުނި އަޅާ މަތިމައްޗަށް ފުނި ޖަހާ ފުރާފައިވާ ހަމަ އެމަގުގެ ފޮޓޯއެކެވެ. އޭނާ ޝިފާއާށް ޓެގްކުރަމުން ބުނެފައި ވަނީ އެދިއެދި ހައްލު ނުހޯދުނު ކަމަކަށް ވުމުން އަނެއްކާވެސް ޝިފާއަށް ޓެގްކޮށްލާނަން ކަމަށެވެ. 

މަގުމަތީގައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސަށް ވެސް ދަތިވާނެހެން ކުނި ބަހައްޓާކަމުގެ ޝަކުވާއަކީ ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް