ads
ޓޫރިޒަމް މިނިސްޓަރު ކަމަށް މައުސޫމް އައްޔަން ކުރެއްވުން--
ޑރ. މައުސޫމް އަލުން ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާކުރައްވައިފި
ޑރ. އަބްދުﷲ މައުސޫމް، ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާ އަލުން ކުރައްވައިފި އެވެ.

އަލުން މިނިސްޓަރުކަމުގެ ހުވާކުރައްވާ، އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން މިހާރު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފަ އެވެ. 

މިނިސްޓަރުކަމުގެ ހުވާ އަލުން ކުރައްވާފައި މިވަނީ މިމަހުގެ ހަ ވަނަ ދުވަހު، ޓޫރިޒަމް މިނިސްޓަރުކަމުގެ ހުވާކުރެއްވިއިރު ޑރ. މައުސޫމް ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައިކަމުން އޭނާގެ ހުވާގެ ސައްހަކަމާ މެދު މެމްބަރުން ސުވާލު އުފެއްދެވެމުންނެވެ. 

ޓޫރިޒަމް މިނިސްޓަރުކަމަށް އައްޔަން ކުރެއްވި ޑރ. މައުސޫމަށް ރުހުން ހޯދުމަށް މަޖިލީހަށް މީގެ ކުރިން ވެސް ފޮނުވި އެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާއި ކޮމިޓީން އޭނާއަށް ރުހުންދޭން ނިންމި ނަމަވެސް މަޖިލީހުން ރުހުން ނުދީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުވާލީ ހުވާކުރެއްވިއިރު މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނެވުމުންނެވެ. 

އެ ދުވަހު، ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މައުސޫމް ހުވާ ކުރެއްވި އިރު ހުންނެވީ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ކަމަށާއި އެމަގާމުން ވަކިވެވަޑައިގަތީ 18 އޮގަސްޓު ގައިކަމަށް އިކޮނޮމިކް މިނިސްޓްރީން ފޮނުވި ސިޓީގައިވާ ކަމަށެވެ.

ޑރ. މައުސޫމް، މިނިސްޓަރު ކަމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ހުންނެވީ ރާއްޖެއިން ސިންގަންޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމުގަ އެވެ. ޑރ. މައުސޫމް ވަނީ ރައީސް މައުމޫން ވެރިކަމުގައި ވެސް ޓޫރިޒަމް މިނިސްޓަރުކަން ކުރައްވާފަ އެވެ. އޭގެ ފަހުން ރައީސް މައުމޫނު ވެރިކަމުގައި އެންވަޔަރުމަންޓް އެންޑް އެނަޖީ މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ.

ސަރުކާރު ހިންގާ ކޮލިޝަނުގައި ހިމެނޭ ޖޭޕީގެ ސްލޮޓެއްގައި ސިޔާސީ މަގާމަށް ވަޑައިގެންނެވި ޑރ. މައުސޫމްވަނީ އާ ގާނޫނު އަސާސީގެ ދަށުން ފުރަތަމަ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައިގެން ކެލާ ދާއިރާގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް