ads
މޫސާ ސިރާޖް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ޕީރިއަޑްވުމުން ޗުއްޓީ ދޭން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ފާހެއް ނުވި
ޕީރިއަޑްވުމުން ކޮންމެ މަހަކު އެއް ދުވަސް ޗުއްޓީގެ ގޮތުގައި ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމެންޓްރީ ގްރޫޕުން ފާހެއް ނުވި އެވެ.

ގާނޫނުން ލިބިދޭ ސަލާމުގެ ޗުއްޓީގެ އިތުރުން އަންހެން މުވައްޒަފުންނަށް ޕީރިއަޑްވުމުން ކޮންމެ މަހަކު އެއް ދުވަސް ޗުއްޓީ ދޭން އިސްލާހު ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ. 

އެ ގާނޫނަށް ހުށަހެޅި އިސްލާހުތަކާ މެދު އެމްޑީޕީ ޕީޖީ ގްރޫޕުގައި ރޭ ވޯޓަށް އެހިއިރު، އެ އިސްލާހު ފާސްވެފައެއް ނުވެ އެވެ. އެހެންކަމުން އެ ބިލު އަނބުރާ ގެންދަވާނެ ކަމަށް ސިރާޖު ވަނީ ވިދާޅުވެފަ އެވެ. 

ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކޮށް ނިންމާ، މިހާރު ވަނީ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވާފަ އެވެ. އެ ބިލް ދިރާސާ ކުރީ އިގްތިސޯދީ އަދި އިޖުތިމާއީ ކޮމިޓީގެ ޖޮއިންޓް ކޮމިޓީއިންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް